ads
20 ވަނަ ރައްޔިތުން މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ފަޅުރަށްތައް ކުއްޔަށް ދިނުމުގެ ބާރު ރައީސަށް ދީ ބިލު ފާސްކޮށްފި
ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމުގެ ބާރު ރައީސަށް ދީ، "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
Advertisement

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން މި ބިލު މަޖިލިހަށް ހުށައެޅީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ އެވެ. 

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުން ހުށައެޅި ގޮތަށް ބިލް ފާސްކުރީ 47 މމްބަރުންގެ ތާއީދާއެކު އެވެ. ފާސްކުރަން ނުފެންނަކަމަށް ވޯޓް ދެއްވީ 12 މެމްބަރުން ނެވެ. 

އެ ބިލުގައި ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ބާރު ދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ކުއްޔަށް ދޫކުރެވޭނެ މުއްދަތެއްގެ ގޮތުގައި ހިމަނާފައި އޮތީ 21 އަހަރެވެ. އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ އިހުތިޔާރު މިނިސްޓްރީތަކާއި ކައުންސިލްތަކަށް ލިބެ އެވެ.

ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި، ސިނާއީ ބޭނުންތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިގުތިސޯދީ އެހެނިހެން ބޭނުންތަކާއ، އިޖުތިމާއި ބޭނުންތަކާއި ދައުލަތުގެ ބޭނުމަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކަށް 3ރ. އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2.50ރ. އެވެ. އަދި އިޖުތިމާއީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2ރ. އެވެ.

ފަޅު ކުއްޔަށް ދޫކުރެވޭނީ ލާޖް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، މީޑިއަމް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، ލާޖް-ސްކޭލް އިގުތިސޯދީ މަސައްކަތްތަކާއި އެކުއަކަލްޗާ ނުވަތަ އެކުއަކަލްޗާއާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ކަމަށް ބިލުގައިވެ އެވެ.

ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުގެ ކުއްޔެއްގެ ގޮތުގައި އޮތީ އަކަމީޓަރަކަށް 3ރ. ކަނޑައަޅާފައިވާ އިރު، މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ކުއްޔަކީ އަކަމީޓަރަކަށް 50 ލާރި އެވެ.

ފަޅާއި ފަޅުރަށްރަށް ވިޔަފާރީގެ ބޭނުމަށް ކުއްޔަަށް ދެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ އިތުރުން ރީރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކާއި ޕާޓްނާޝިޕްތަކަށެ ވެ.

އަދި ރަށްރަށް ކުއްޔަށް ދޫކުރުމަށް ފަހު އެކަމުގެ ތަފްސީލީ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓު އޮފީހާއި ކަމާބެހޭ މިނިސްޓްރީތަކުން ހިއްސާކުރަން ޖެހޭނެ އެވެ. އެ ބިލުގައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރަށްރަށް ވަރުވާއަށް ލިޔެދެވޭނެ ކަމަށް ވެސް ބަޔާންކޮށްފަ އެވެ.

މި ބިލަކީ ރާއްޖޭގެ ފަޅުރަށްރަށުން ލިބޭ އިގްތިސާދީ މަންފާ އިތުރުކޮށް، އެތަންތަން ބޭނުންކުރުމުގައި ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ބިލު ހުށައަޅުއްވަމުން ސައުދު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;