ads
ޑޮލަރު އަގޮބޮޑުވާ ހަބަރު ޖަހާފިނަމަ ޖޫރިމަނާކުރަން ފާސްކޮށްފި
ޑޮލަރު ގަނެވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ނޫސްތަކުގައި ޖަހާފިނަމަ ޖޫރިމަނާކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.
Advertisement

ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.

އެ ބިލް ދިރާސާ ކުރާ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ނޫސްތަކުގައި ޖަހާފިނަމަ ޖޫރިމަނާކުރުމަށް ގާނޫނުގައި ހިމެނުމަށް ފާސްކޮށްފަ އެވެ. ސަރުކާރަށް ތާއިދުކުރާ މެމްބަރުންގެ ވޯޓާއި އެކު އެގޮތަށް ނިންމިއޮރު ކޮމެޓީގައި ހިމެނޭ އިދިކޮޅު ޕާޓީ އެމްޑީޕީގެ މެމްބަރުން ވަނީ އެކަމާއި ދެކޮޅަށް ވޯޓް ދީފަ އެވެ. 

ސަރުކާރަސް ތާއިދުކުރާ މެމްބަރުން ވަނީ ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އެ ވާހަކަ ދެއްކުމަކީ ކުށެއްކަމަށް ގާނޫނުގައި ހިމަނަން ކަނޑައަޅާފަ އެވެ. 

އެގޮތުން ކަޅު ބާޒާރުގައި ޑޮލަރުން ވިއްކުން އިސްތިހާރުކުރާކަމަށް ބުނެފައިވަނީ އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިޝްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކޮށް، ޝާއިއުކޮށް ފެތުރުމާއި ތަކުރާރުކޮށް ފޯރުކޮށްދިނުން ކަމަށެ ވެ.

އެގޮތުން އެވާހަކަތައް ގެނެސްދީފިނަމަ އަދަބެއްގެ ގޮތުން 25،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ގާނޫނުގައި ހިމަނަން މާލިއްޔަތު ކޮމެޓީގައި ތިއްބެވި ވެރިކަންކުރާ ޕީއެންސީގެ މެމްބަރުން ވަނީ ހިމަނާފަ އެވެ.

ޑޮލަރުގެ އަގު އުފުލި ކަޅު ބާޒާރުގައި މިހާރު ޑޮލަރުގެ ރޭޓް ހުރީ 22.50 ގައެވެ. ދާދީ ފަހުން ދައުލަތުގެ މީޑިއާއިން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ދަނީ ނޫސްތަކުގައި ޖަހާ ސުރުހީތަކުން ކަމަށެ ވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;