މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަޒީޒް އެ މަގާމަށް އައްޔަނު ކުރަން ފާސްކޮށްފައި ވަނީ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓުންނެވެ. އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.
އަޒީޒުގެ އިންފޮމޭޝަން ކޮމިޝަނަރުގެ ފުރަތަމަ ދައުރުގައި، ކޮމިޝަނަށް ހުށަހެޅޭ ގިނަ މައްސަލަތައް ބޭރުކޮށްލާފައިވާތީ އާއި ގިނަ އަޑުއެހުންތައް ސިއްރުން ބާއްވާފައިވާތީ އޭނާ އަނެއްކާ ވެސް އެ މަގާމަށް އައްޔަންކުރަން އުޅޭތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ހާމަކަންބޮޑު ދައުލަތެއް ހިންގުމަށް ވަކާލާތުކުރާ ޖަމިއްޔާ ޖަމާއަތްތައް ވެސް ހިމެނެ އެވެ.
އަބްދުލްއަޒީޒަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ދިވެހި ބަހާ ބެހޭ އެކަޑަމީގައި މަސައްކަތް ކުރައްވައި ބަހާ ބެހޭ ބައެއް ފޮތްތައް ވެސް ވަނީ ލިޔުއްވައިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އާހިދު އެ މަގާމަށް އައްޔަންކުރީ 6 ސެޕްޓެމްބަރު 2021ގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;