ޖަމީލާ އެ މަގާމަށް އައްޔަން ކުރަން ރުހުންދޭން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 56 މެންބަރުންގެ އިއްތިފާގުންނެވެ.
ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ޖަމީލާ މި ވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް-ލާޖުގެ މަގާމުގަ އެވެ.
ޖަމީލާ އަކީ ހާރިޖީ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އެގޮތުން، މީގެ ކުރިން އޭނާ ވަނީ ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އޭނާ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބުރައީސްކަންވެސް ކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;