ads
މަޖިލިސް
ދެވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް
ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ގޮސްފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ މައިގަނޑު ތިން ދައުރަކަށް ބަހާލައިގެންނެވެ. އެއީ:

  • ފުރަތަމަ ދައުރު: ފެބްރުވަރީ 1 އިން މެއި 15 ގެ ނިޔަލަށް
  • ދެވަނަ ދައުރު: ޖޫން 1 އިން އޮގަސްޓު 15 ގެ ނިޔަލަށް
  • ތިންވަނަ ދައުރު: އޮކްޓޯބަރު 1 އިން ނޮވެންބަރު މަހުގެ ނިޔަލަށް

ގަވާއިދުގައި މިފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ދައުރު ނިމޭއިރު މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރެއްޖެ ހާލަތެއްގައި، މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެން އެ ދައުރެއްގެ މުއްދަތު އިތުރުކުރެވެ އެވެ.

މިއަހަރުގެ ފުރަތަމަ ދައުރު ނިމުމަށްފަހު ވެސް މަޖިލިސް ޗުއްޓީއަކަށް ނުދެއެވެ. އެފަހަރު ޗުއްޓީއަށް ނުގޮސް ދައުރު ދަންމާލީ ނިންމަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުންނެވެ. އަދި ދެވަނަ ދައުރުގެ މަސައްކަތްތައް ފަށާފައިވަނީ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިމުނު ހަފުތާއަށްފަހު މެދުކެނޑުމެއް ނެތި އެވެ.

ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު، މަޖިލީހުގެ މިއަހަރުގެ 3ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ، އޮކްޓޯބަރު މަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;