ads
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވި އަހުމަދު އަބްދުﷲ
އެމްޑީޕީގެ ޑެޕިޔުޓީ ޗެއާޕާސަންގެ މަގާމުން އަހްމަދު އަބްދުﷲ އިސްތިއުފާ ދެެއްވައިފި
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

އަހްމަދު އަބްދުﷲ ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ރައިސް އަބްދުﷲ ޝާހިދުގެ ކެމްޕޭނުގައި ހަރަކާތްތެރިވުމަށެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ އިސް މަގާމުތަކުގައި ތިބެ ވަކި ކެންޑިޑޭޓަކަށް ކެމްޕޭން ކުރުން ރަނގަޅެއް ނުވާނެ. އެހެންވެ އިސްތިއުފާ ދިނީ،" އޭނާ ވިދާޅުވި އެވެ.

އަހުމަދު އަބްދުﷲ އަކީ ޝާހިދުގެ އަރިސް ބޭފުޅެކެވެ. ޝާހިދުގެ ކެމްޕޭނުގައި މިހާރު ވެސް އިސް ސަފުގައި އޭނާ ހަރަކާތްތެރިވެ އެވެ.

އެމްޑީޕީގެ އިސް މަގާމެއްގައި ހުންނަވައިގެން އެ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި  ވާދަކުރެއްވުމަކީ ގަބޫލުު ކުރައްވާ ކަމެއް ނޫން ކަމަށް ޝާހިދު ވެސް ވިދާޅުވެފައިވެ އެވެ. 

ދެހާސް އަށާވީހުގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާކަން ޝާހިދު ރަސްމީކޮށް އިއުލާނުކުރެއްވީ ނިމުނު ޖުލައި މަހުގެ 14 ވަނަ ދުވަހުގައެވެ. އެއަށްފަހު އޭނާ ވަނީ އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;