ads
ގޯއްޗާއި ފްލެޓަށް އެދި ހުށައަޅަން ޖެހެނީ ޕޯޓަލް މެދުވެރިކޮށް
އެޕްލިކޭޝަންތައް ރަނގަޅުކުރަން ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
މި ސަރުކާރުން ހިންގާ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު އެދުނު މީހުންގެ ތެރެއިން މައުލޫމާތު ފުށުއަރާ ކަމަށް ވެރިފިކޭޝަނުން މިހާތަނަށް ފާހަގަވި އެޕްލިކޭޝަންތައް ރަނގަޅުކުރުމަށް ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްދީފި އެވެ.
Advertisement

ސަރުކާރުން ހުޅުވާލި މި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހަޅާފައިވާ 22،575 ފޯމެވެ. 

ފުށުއަރާ ކަމަށް ވެރިފިކޭޝަންތައް ރަނގަޅުކުރަން މިނިސްޓްރީން ފުރަތަމަ ދިނީ 7 ދުވަހުގެ ފުރުސަތަކެވެ. އެހެންނަމަވެސް އެޕްލިކަންޓުންނަށް އިތުރު ލުއިފަސޭހަކަން ދިނުމުގެ ގޮތުން އެ މުއްދަތު 21 ދުވަހަށް އިތުރުކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ރޭ ވަނީ ބުނެފަ އެވެ. 

ޕޯޓަލްގައި އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މައުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަމްބަރަށް އެސްއެމްއެސް މެދުވެރިކޮށް ވެސް ދަނީ އަންގަމުންނެވެ.

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ހުރިހާ ރައްޔިތުންނަށް މި ދައުރުގެ ތެރޭގައި ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. އަދި މި މަޝްރޫއުގެ ދަށުން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.

ދިވެހި އެންމެ ގިނަ ރައްޔިތުންގެ އިހްސާސްތަކާ ގުޅިފައިވާ އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަން ކަމެވެ. ރައީސް މުއިއްޒު ސަރުކާރުން ފެށި "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން ރަސްމާލޭން 15،000 ގޯއްޗާއި ގްރޭޓާ މާލެ ސަރަހައްދުން 7،900 ފްލެޓު ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;