ފުލުހުން ބުނީ ގޭސް ލީކުވެފައި ވަނީ މ. ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ކަމަށެވެ. ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހެނދުނު 10:34 އެހާއިރު އެވެ.
ހާލުދެރަވެފައިވާ ދެ މީހުންގެތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. މަރުވެފައި ވަނީ:
ދަފްތަރު ނަންބަރު ރސ. 6210/ މާލެ، ޒާހިދާ ތައުފީގު، 51އ.
ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފު ނުވާއިރު، އެ ގެ ހުރި ހިސާބުގައި ގޭސް ވަސް ވަރަށް ގަދަޔަށް ހުރި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;