ads
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އައްޔަންކުރެއްވި ޝުއައިބު ޔޫސުފަށް، ރައީސް ޑރ. މުއިއްޒު މިއަދު މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ: އޭނާ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ އިސް މަގާމުތަކެއް އަދާކުރައްވާފައި-- ފޮޓޯ/ރައީސް އޮފީސް
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމަށް ޝުއައިބު އައްޔަންކުރައްވައިފި
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ޝުއައިބު ޔޫސުފް އައްޔަން ކުރައްވައިފި އެވެ.
Advertisement

ޝުއައިބު ޔޫސުފް މަގާމަށް އައްޔަންކުރެއްވީ މިއަދު ހެނދުނު ރައީސްގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ޝުއައިބު ޔޫސުފަށް މަގާމުގެ ހުވައިލާދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަލީ ރަޝީދު ހުސައިނެވެ. 

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާއާ ގުޅޭ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރުމަށް އުފެއްދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް ކުރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމު ކުރިން އަދާކުރެއްވި އަމްޖަދު މުސްތަފާ އައްޔަންކުރެއްވީ ފާއިތުވި ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. 

އަދި އެ ޓްރައިބިއުނަލުގެ ނައިބުރައީސްގެ މަގާމަށް ކުރީގެ ނައިބުވަޒީރު އަހްމަދު މަމްދޫހު އައްޔަންކުރެއްވީ ހިނގަމުންދާ އޯގަސްޓު މަހުގެ ތިންވަނަ ދުވަހު އެވެ. 

މަގާމުގެ ހުވައިކުރެއްވުން ނިމުމަށްފަހު ރައީސް ޑރ.މުއިއްޒުވަނީ ޝުއައިބަށް މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;