ads
އެން ހެތަވޭ
ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ލަގަބު އެން ހެތަވޭ އަށް
ޕީޕަލް މަޖައްލާއިން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ލަގަބު، މިއަހަރު މަޝްހޫރު އެކްޓަރެސް އެން ހެތަވޭ އަށް ލިބިއްޖެ އެވެ.
Advertisement

އުމުރުން 43 އަހަރުގައި އޭނާ އަށް މި ލަގަބު ލިބުނުއިރު، 1990 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި ލަގަބު މީގެ ކުރިން ޖޫލިއާ ރޮބަޓްސް، ބިޔޯންސޭ، ހެލީ ބެރީ އަދި ޑެމީ މޯ ފަދަ ތަރިންނަށް ވަނީ ލިބިފަ އެވެ.

މި ކާމިޔާބީއާ ގުޅިގެން ދިން އިންޓަވިއުއެއްގައި އެން ވަނީ އޭނާގެ ހަޔާތުގެ ބައެއް ކަންކަން ހިއްސާކޮށްފަ އެވެ. އެގޮތުން، ހޮލީވުޑްގައި އޭނާ ހޭދަކުރި ދުވަސްތަކުގެ ތެރެއިން އުމުރުން 30 ގެ އަހަރުތަކާ ހަމައަށް ވެސް އޭނާ އަކީ އަމިއްލަ ނަފުސަށް އިތުބާރު ކުޑަ މީހެއްކަމަށް ބުންޏެވެ. އަދި ކުޑައިރު އޭނާ އަކީ ވަރަށް ނުތަނަވަސްކަން ހުންނަ ކުއްޖެއް ކަމަށާއި، މީހުންނާ ވާހަކަ ދެއްކުމަކީ ވެސް އޭނާ އަށް ވަރަށް އުނދަގޫ ކަމެއް ކަމަށް އެން ވަނީ ކިޔައިދީފަ އެވެ.

މިއަދު ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ލަގަބު އެން އަށް ލިބިފައިވާއިރު، މިއީ މީގެ ކުރިން އިންޓަނެޓުގައި އާންމުންގެ ފަރާތުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި ތަރިއެކެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ބަދަލުގައި، އޭނާ ކުރިއަށް ދިޔައީ އޭނާގެ މަސައްކަތްތަކައިގެންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއަދު އޭނާ އަށް މި ލިބުނު ކާމިޔާބީ އަކީ އޭނާގެ ކެތްތެރިކަމުގެ ނަތީޖާ އެވެ.

މިއަހަރަކީ އެންގެ ފިލްމީ ކެރިއަރުގައި ވެސް ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން އޭނާގެ ފަސް ފިލްމެއް މިއަހަރު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި "މަދަ މޭރީ"، އޮރިޖިނަލް ފިލްމަށް 20 އަހަރު ފުރޭ ދުވަސް ކަމަށްވާ މެއި 1 ގައި ނެރޭ "ދަ ޑެވިލް ވެއާސް ޕްރާޑާ 2"، ކްރިސްޓޯފަ ނޯލަންގެ "ދަ އޮޑިސީ" ގެ އިތުރުން "ދަ އެންޑް އޮފް އޯކް ސްޓްރީޓް" އަދި "ވެރިޓީ" ހިމެނެ އެވެ.

މި ފިލްމުތަކުގެ މަސައްކަތުގައި އޭނާ އަވަދިނެތި އުޅޭއިރު، އޭނާގެ ދެ ކުދިން ބެލުމުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރަނީ އޭނާގެ ފިރިމީހާ އެޑަމް ޝުލްމަން ކަމަށް އެން ވަނީ ބުނެފަ އެވެ. އެން އަށް މިއަދު މި ލަގަބު ލިބިފައިވަނީ، މީހުންނަށް ރީތިވުމަށް އޭނާ ކުރަމުން އައި މަސައްކަތްތައް ހުއްޓާލައި، އަމިއްލަ ނަފުސާ މެދު އުފާކުރަން ފެށި ހިސާބުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;