ads
ޕާކް ގިއޮންގް-ރޫންގް
ބޭބީ ޝާކް ވީޑިއޯ އިން ފެނުނު ކުއްޖާ އޭނާގެ ފުރަތަމަ ލަވަ ނެރެނީ
ޔޫޓިއުބުގައި އެތައް ބަޔަކު ބަލާފައިވާ 'ބޭބީ ޝާކް' ވީޑިއޯ އިން ފެނިގެންދިޔަ ކުއްޖާ، ކޭޕޮޕް މިއުޒިކް އިންޑަސްޓްރީއަށް ނުކުމެ އޭނާގެ ފުރަތަމަ ލަވަ ނެރުމަށް ތައްޔާރުވާން ފަށައިފި އެވެ.
Advertisement

ދަ ޕިންކްފޯންގް ކޮމްޕެނީއިން ބުނި ގޮތުގައި، އުމުރުން 17 އަހަރުގެ ޕާކް ގިއޮންގް-ރޫންގްގެ ފުރަތަމަ ޑިޖިޓަލް ސިންގަލް 'ވޭވް' ނެރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ. މި ލަވައިގައި ކޭޕޮޕް ގްރޫޕް މޮންސްޓާ އެކްސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޫހަނީ ވެސް ފެނިގެންދާނެ އެވެ.

ކޮރެއާ ބަހުން ކިޔާފައިވާ މި ލަވައިގެ ޅެން ހެދުމުގައި ޕާކް ވެސް ވަނީ ބައިވެރިވެފަ އެވެ. މިއީ އޭނާ އަމިއްލަ ލަވަކިޔުންތެރިއެއްގެ ގޮތުގައި ކޭޕޮޕް އިންޑަސްޓްރީއަށް ތައާރަފުވާ ފުރަތަމަ ފަހަރެވެ.

ޕާކް އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ 2016 ވަނަ އަހަރު ނެރުނު 'ބޭބީ ޝާކް ޑާންސް' ވީޑިއޯ އިންނެވެ. މި ވީޑިއޯ އަކީ 17.2 ބިލިއަނަށް ވުރެ ގިނަ ވިއުސް އާއެކު، ޖެހިޖެހިގެން 69 މަސް ދުވަސް ވަންދެން ޔޫޓިއުބުގެ އެއްވަނަ މަގާމު ހިފަހައްޓާފައިވާ ވީޑިއޯ އެވެ. މީގެ އިތުރުން ފާއިތުވި އަހަރު އެ ލަވައަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ނެރުނު ކުރު ވީޑިއޯތަކަކުން ވެސް އޭނާ ފެނިފައިވާއިރު، އެ ވީޑިއޯތަކަށް ވެސް 22 މިލިއަން ވިއުސް ލިބިފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ޕާކް ބުނީ، ކުޑައިރު އޭނާ ފެނުނު ވީޑިއޯއެއް މީހުން އަދިވެސް ހަނދާން ހުންނާތީ އެކަމާ ވަރަށް އުފާކުރާ ކަމަށެވެ. އަދި 10 އަހަރު ކުރިން ބޭބީ ޝާކް އާއެކު ނެށުމަށްފަހު، މިހާރު ބޭނުންވަނީ އޭނާގެ އަމިއްލަ އަޑާއި ވާހަކަތައް މީހުންނާ ހިއްސާކުރަން ކަމަށް ވެސް އޭނާ ބުންޏެވެ. އޭގެ އިތުރުން، އޭނާ ބޮޑުވަމުން އަންނަ ގޮތް ކުރިއަށް އޮތް ތަނުގައި ވެސް ސަޕޯޓަރުންނަށް ދައްކަން ބޭނުންވާ ކަމަށް ޕާކް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;