ads
މާލޭގެ މަގުމަތި
އަންނަ މަހުން ފެށިގެން ރާއްޖެއަށް ވަރަށް ހޫނުގަދަވާނެ، ދެކުނާއި މެދަށް ގިނައިން ވާރޭވެހޭނެ
އަންނަ މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް މުޅި ރާއްޖޭގެ ހޫނުމިންވެސް އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރެ އަށް އާއްމުކޮށް ވެހޭވަރަށްވުތެ ގިނައި ވާރޭ ވެހޭނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.
Advertisement

މެޓް އޮފީހުން ބުނީ ސެޕްޓެންބަރުމަހު ރާއްޖޭގެ އުތުރަށް ވާރޭވެހޭނީ އާންމު މިންވަރަށްވުރެ މަދުންކަމަށެވެ. އެހެންނަމަވެސް ދެކުނާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް އާންމު މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ބުނެ އެވެ.

މީގެ އިތުރުން އޮކްޓޯބަރު އަދި ނޮވެމްބަރު މިދެމަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭ ވެހޭނެކަމަށާއި ނަމަވެސ،ް އެންމެ ދެކުނުގެ އަތޮޅަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ މަދުންކަމަށް މެޓް އޮފީހުން ބުނެ އެވެ. 

your imageކުރިޔަށްއޮތް ތިންމަހު ރާއްޖޭގެ ހޫނުމިން ހުންނާނެ ވަރު ދައްކުވައިދޭ ޗާޓެއް

ގައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނީ އަންނަ މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް މުޅި ރާއްޖޭގެ ހޫނުމިންވެސް އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ވަނީ ލަފާކުރެވޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;