މެޓް އޮފީހުން ބުނީ އެންމެ ފަހުގެ ޑޭޓާއިން ދައްކާ ގޮތުގައި އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމު މިންވަރަށްވުރެ 2.0 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައި ކަމަށެވެ.
ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރ،ު އޮގަސްޓް މަހުގެ މެދުތެރޭގައި މި މިންގަނޑު ވަނީ 1.8 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިކަމަށާއި ނީނޯގެ އެހެން ސަރަހައްދުތަކުން ވެސް ފެންނަނީ ހޫނުމިން ވަރަށް ބޮޑަށް މަތިވަމުންދާ ތަންކަމަށް މެޓް އޮފީހުން ބުނެ އެވެ. ކަނޑާއި ޖައްވުގެ ހާލަތުން ވެސް މިހާރު އަންގައިދެނީ އެލްނީނޯގެ އަސަރުތައްކަމަށާއި ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރު (ސ.ީ ޕ.ީ ސީ) އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރުގެ ނިޔަލަށް އެލްނީނޯގެ ބާރުގަދަވަމުން ދާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
އެލްނީނޯގެ ހާލަތު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ދަނީ ވަރަށް ގާތުން ބަލަމުންކަމަށް އެ އިދާރާއިން ބުނެ އެވެ. އެލްނީނޯގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާ މައިގަނޑު އަސަރުތަކުގެ ތެރޭގައ،ި ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ކުރިމަތިވާ ނުރައްކާތައް ހިމެނެކަން މެޓް އޮފީހުން ފާހަގަކުރެއެވެ.
މީގެ އިތުރުނ،ް ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި ކަނޑުގެ އޮއިވަރާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނޭކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
އެލްނީނޯއާއި ގުޅިގެން މުރަކަ ފަރުތައް
އެލްނީނޯގެ ދުވަސްވަރު ކަނޑުގެ ސަތަހައިގެ ހޫނުމިން މަތިވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލަފަށް ހޫނުވެ ފަރުތަކުގެ ދިރުންތަކަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވެ އެވެ.
މަސްވެރިކަމަށް ކުރާ އަސަރުތައް
ޕެސިފިކް ކަނޑުގެ މެދުތެރޭގެ ހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ވައިގެ މިސްރާބާއި އޮއިވަރަށް ބަދަލު އައިސ،ް ކަނޑުގެ ފަށަލަތަކަށް ލޮޅުން އަރުވައެވެ. މި ބަދަލުތަކުގެ ސަބަބުން ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި އުޅޭ ސަރަހައްދުތައް ބަދަލުވެ، މަސްވެރިކަން ދަށްވެގެންދާކަމަށް މެޓް އޮފީހުން ބުނެ އެވެ.
މީގެ އިތުރުނ،ް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ފުން ހިސާބުތަކުން މައްޗަށް އަރާ ފިނިފެނާއި ކާނާ މަދުވެ މަސްމަހާމެހީގެ އާބާދީ ދަށްވާކަމަށާއި ތާރީހީ ގޮތުން ބަލާއިރު އެލްނީނޯ އަހަރުތަކުގައި ކަޅުބިލަމަހުގެ މަސްވެރިކަން ވަރަށް ބޮޑަށް ރާއްޖެއަށް ދަށްވެފައިވާކަން ފާހަގަކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
ފަތުރުވެރިކަން
މުރަކަ ހުދުވުމުގެ ސަބަބުން ތިމާވެއްޓާ ގުޅުންހުރި ފަތުރުވެރިކަމަށް ސީދާ ނޭދެވޭ އަސަރުކުރެއެވެ. މީގެ ސަބަބުން ފަރުތަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ މަގުބޫލުކަން ކުޑަވެ ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ އާމްދަނީގެ ވަސީލަތްތަކަށް ހުރަސް އެޅޭކަމަށް މެޓް އޮފީހުން ބުނެ އެވެ.
ހަކަތައިގެ ދާއިރާ
އެލްނީނޯގެ ދުވަސްވަރު ހޫނުމިން މަތިވުމުގެ ސަބަބުން ތަންތަން ފިނިކުރުމަށް ބޭނުންވާ ހަކަތައިގެ މިންވަރު އިތުރުވެ ، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
ދަނޑުވެރިކަން
ވާރޭ ވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމުގެ މޫސުމީ ބުރުތަކަށް ބުރޫއަރައ،ި ގަސްގަހާގެހިން ލިބޭ މިންވަރު މަދުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;