ads
ޓްރީ ޓޮޕް އިން ނާސިން ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ: ޓްރީ ޓޮޕް
ޓްރީ ޓޮޕް އިން ނާސިން ސްކޮލާޝިޕްގެ ފުރުސަތު
ސިއްޙީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެހީތެރިވުމުގެ މަގްސަދުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަހަރީ ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަހަރުގެ ސެޕްޓެމްބަރުގެ އިންޓޭކަށް ހުޅުވާލައިފި އެވެ.
Advertisement

އެ ފުރުސަތު ލިބޭނީ، މިއަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް ކުރިމަތިލަން ބޭނުންވާ ފަރާތްތަކަށެވެ.

އެ ޕްރޮގްރާމް 2021 ވަނަ އަހަރު ތައާރަފުކުރި ފަހުން، މިހާތަނަށް ޖުމްލަ 23 ފަރާތަކަށް ވަނީ ނާސިން ސްކޮލަޝިޕް ފޯރުކޮށްދީފަ އެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑރ. ސްރީވަޓްސަން ސްރިދާރް ޖީ ވިދާޅުވީ، ޞިއްޙީ ޚިދުމަތްތަކުގައި ނަރުހުން އަދާކުރަނީ ވަރަށް މުހިންމު ދައުރެކަކަމަށެވެ. ވިލާ ކޮލެޖާ ގުޅިގެން ހިންގާ މި ސްކޮލަޝިޕް ޕްރޮގްރާމަކީ ހުނަރުވެރިކަން ތަރައްގީކުރުމަށާއި ކިޔެވުމުގެ ތެރެއިން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިއްހީ ހިދުމަތްތަކުގައި ނަރުހުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް. ވިލާ ކޮލެޖާ ގުޅިގެން ހިންގާ މި ސްކޮލަޝިޕް ޕްރޮގްރާމަކީ ހުނަރުވެރިކަން ތަރައްގީކުރުމަށާއި ކިޔެވުމުގެ ތެރެއިން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް." މި ޕްރޮގްރާމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑރ. ސްރީވަޓްސަން ސްރިދާރް ޖީ ވިދާޅުވި އެވެ.

އެ ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ. ޝައުގުވެރިވާ ފަރާތްތަކުން،  [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;