ads
ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޕީއެންއެފް
40 ޕަސެންޓު ޑޮލަރު މާރުކުރާ އުސޫލު ރިސޯޓްތަކުން ގަބޫލުނުކުރަން ގޮވާލައިފި
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ސަރުކާރުން ބަދަލުކުރި ކުރުމާ ރިސޯޓްތަކުން ދެކޮޅު ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ގޮވާލައްވައިފި އެވެ.
Advertisement

ފުވައްމުލަކުގައި ރޭ ބޭއްވި ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެ ނިސްބަތަށް ޑޮލަރު މާރުކުރުމަކީ ރިސޯޓްތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ. ރިސޯޓްތައް ތަރައްގީކުރުމަށް ވިޔަފާރިވެރިން ބޭރުން ނަގާފައިވާ ލޯނުތައް ޑޮލަރުން އަދާކުރަން ޖެހޭއިރު، ރިސޯޓްތަކުގެ ލޮޖިސްޓިކް ގިނަ ކަންކަން ހަމަޖައްސަން ޖެހެނީ ވެސް ޑޮލަރުންކަން ޔާމީން ފާހަގަކުރެއްވި އެވެ.

އެހެންކަމުން އެހާ ބޮޑު ނިސްބަތެއް ޑޮލަރުން މާރުކުރަން ސަރުކާރުން މަޖުބޫރުކުރާތީ އެ ކަމާ ދެކޮޅަށް މުޅި ރިސޯޓް އިންޑަސްޓްރީ ތެދުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ވެރިކަން ކުރައްވާފައިވާ ވެރިޔަކު ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ހިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށް ބޮޑު ކުށަކަށް ދައުވަތު ދިނުން ކަމަށެވެ. އަދި އެކަމުން ވެސް ހާމަވަނީ އެމަނިކުފާނުގެ "ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަން" ކަމަށާއި ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި ފަހަކަށް އައިސް އެމްޑީޕީއާ ގުޅިވަޑައިގެން ސަރުކާރު ވައްޓާލަން ޔާމީން ކުރަމުންދާ މަސައްކަތުން ހާމަވަނީ ދައްކާ ވާހަކައާއި އަމަލާ ދިމާނުވާ މިންވަރެވެ.

ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރަން ސަރުކާރުގެ ފަރާތުުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލަށް، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަަކަށް މާރުކުރަން ޖެހޭނެ އެވެ.

ބިލްގައިވާ ގޮތުން ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރުން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. 

އެމްއެމްއޭގެ އެދުމަށް މަޖިލީހުން ނިންމި ނިންމުމާއި ގުޅިގެން މަޓީން ނެރުނު ބަޔާނެއްގައި ވަނީ، ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ކުއްލި ބައްދަލުވުމަކަށް މަޓީގެ އެގްޒެކެޓިވް ބޯޑު އިއްޔެ ރައީސް އޮފީހަށް ހާޒިރުކުރި ކަމަށެވެ. އަދި، ގާނޫނާ ހިލާފު މުއާމަލާތްތަކެއްގެ ތެރެއިން ބޭރު ފައިސާގެ ކަޅު ބާޒާރު ހިންގުމަށާއި ޑޮލަރުގެ އަގު ބޮޑު ކުރުމުގައި ބައެއް ރިސޯޓު އޮޕަރޭޓަރުން ބައިވެރިވާ ކަމަށް ތަހުގީގުތަކުން ހާމަވި ކަމަށް، އެ ބައްދަލުވުމުގައި އެންގި ކަމަށް މަޓީން ބުންޏެވެ. 

"ރިސޯޓުތަކުން ތެލަށާއި މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖާއި ސަޕްލައިތަކާއި ލޮޖިސްޓިކްސް އަދި ގެސްޓް ޓްރާންސްފާއަށް އަގު ދައްކަން ޖެހެނީ ޑޮލަރުން. މީގެ އިތުރުން ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތްހޯލްޑިން ޓެކްސް، އިންކަމް ޓެކްސް، ޓޫރިޒަމް ބިމު ކުލި އަދި ބޭރު ފައިސާއިން ނަގާފައިވާ ލޯނުތައް އަދާކުރަނީ ވެސް ޑޮލަރުން،" މަޓީގެ ބަޔާނުގައި ވެއެވެ.


އެ ޖަމިއްޔާއިން 146 ރިސޯޓެއް ތަމްސީލުކުރާއިރު އެއީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑަށް އިންވެސްޓްކުރާ، ބޭރު ފައިސާ ހޯދައިދޭ އަދި މާރުކުރާ ވިޔަފާރިތައްކަން މަޓީން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި ގައުމުގެ ބޭރު ފައިސާގެ ހާލަތު ހިމެނޭހެން، ގައުމީ އިގްތިސާދީ މުހިންމު ކަންކަމުގައި އެ ސިނާއަތުން އަބަދުވެސް ސަރުކާރާއެކު އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްފައިވާނެކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;