ads
ޔުގާންޑާގެ ތޫރޫ ދަރިކޮޅުގެ ރަސްގެފާނު އޮޔޯ
ޔުގާންޑާގެ ރަސްގެފާނު އުމުރުން 34 އަހަރުގައި އަވަހާރަވެއްޖެ
އުމުރުން އެންމެ 3 އަހަރުގައި ރަސްކަމުގެ ތަހުތަށް އިސްކުރި ޔުގާންޑާގެ ތޫރޫ ދަރިކޮޅުގެ ރަސްގެފާނު އޮޔޯ، އުމުރުފުޅުން 34 އަހަރުގައި ހުކުރު ދުވަހު އަވަހާރަވެއްޖެ އެވެ.
Advertisement

ރަސްގެފާނު އަވަހާރަވިކަން ހާމަކުރެއްވީ ތޫރޫ ދަރިކޮޅުގެ ޕްރައިމް މިނިސްޓަރެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ޝާހީ އާއިލާއަށާއި މުޅި ދަރިކޮޅުގެ ރައްޔިތުންނަށް ކުރިމަތިވި ވަރަށް ބޮޑު ހިތާމައެކެވެ.

ރަސްގެފާނު އޮޔޯ ވަނީ ދުނިޔޭގެ އެންމެ ހަގު އުމުރުގައި ތަހުތަށް އިސްކުރެވުނު ރަސްގެފާނުގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑުން ވެސް ޖާގަ ހޯއްދަވާފަ އެވެ. އެމަނިކުފާނު ރަސްމީގޮތުން ރަސްކަމުގެ ބާރުތަކާ ހަވާލުވެވަޑައިގަތީ ބޮޑުވެ، ފުރާފުރިހަމަވުމަށް ފަހުގަ އެވެ.

ޒުވާން އުމުރުފުޅުގައި ރަސްގެފާނު އަވަހާރަވިއިރު، އެމަނިކުފާނު އަވަހާރަވާން ދިމާވި ސީދާ ސަބަބެއް ތޫރޫގެ އޮފިޝަލުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

ރަސްގެފާނު އޮޔޯ އަވަހާރަވުމާ ގުޅިގެން، ދެން އެ ތަހުތާ ހަވާލުވާނީ ކޮން އަމީރެއްކަން އިއުލާނުކުރުން އޮންނާނީ އެ ދަރިކޮޅުގެ ސަގާފަތާއި އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެރިއަކު ހޮވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;