ads
ދިރާގު
ދިރާގުޕޭއިން އެފްޑީސީ ފުލެޓުގެ ކުލި ދައްކައިގެން، އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފި އެވެ.
Advertisement

ދިރާގުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އަަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށާއި ކޮންމެ މަހަކު ވެސް ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި މުޅިން ހިލޭ ލިބޭނެ ކަމަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތަކުގެ ކުލި، ދިރާގުޕޭ މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ދައްކާލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. އެގޮތުން ފަހި ޕޯޓަލްއިން ކުލި ދެއްކުމަށް ފިތާލުމަށްފަހު ދިރާގުޕޭ ޚިޔާރު ކުރެވޭނެ ކަަމަށާއި މޮބައިލް ނަންބަރު ޖަހައި ޕޭމަންޓް ރިކުއެސްޓް ފުރިހަމަކޮށްލުމުން، ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކުލި ދެއްކޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އަލަށް ދިރާގުޕޭ ބޭނުންކުރާ މީހުންނަށް ވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ފްލެޓުގެ ކުލި ދައްކައިގެން އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް