އަބްދުއްރަހީމް މިހެން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ ޓީވީ ޗެނަލް އެމްއެމްޓީވީ އިން ގެނެސްދޭ "އަރާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަމުން ނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ހާސިކުރަން ބޭނުންވި ކަންކަން މިހާރު ހާސިލުވެފައިވާކަމަށެ ވެ. އެހެންނަމަވެސް ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައި ދިނުމަކީ އަދިވެސް ދެކިވަޑައިގަންނަވާ ހުވަފަނެއް ކަމަށެވެ.
އެގޮތުން އެކަމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އެކަން ހާސިލުވުމުން ސިޔާސީ ކަންކަން ދުރަށް ދާނެކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަން ކުރައްވަނީ ގައުމުގެ މިނިވަންކަމާއި، އިސްލާމްދީނަކީ ވަކި ނުކުރެވޭނެ އެއްޗެއްކަން ދެނެވަޑައިގެން ހުންނަވައިކަމަށެވެ. އަދި ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑު އައްސަވައިގެން ވެރިކަން ކުރައްވާ ހަމައެކަނި ރައީސްކަންވެސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
މި ވެރިކަން ފެށުނު އިރު ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅަކީ އަބްދުއްރަހީމް އެވެ. އެހެންނަމަވެސް އޭގެ ފަހުން ރައީސް މުއިއްޒު ކަންކަމުގައި މަޝްވަރާ ނުކުރައްވާކަމަށާއި ގުޅުން ރަނގަޅު ނޫންކަމަށް މީގެކުރިން އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;