މި ދެ ބައިވެރިން އެކުގައި އުފަންދުވަސް ފާހަގަކުރާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އޮގަސްޓު 27 ވަނަ ދުވަހު އުމުރުން 25 އަހަރު ފުރުނު ކަވާނާ ވަނީ، އީމާގެ ފަރާތުން ލިބުނު ހާއްސަ ހަދިޔާއަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
އުމުރުން 23 އަހަރުގެ އީމާއަކީ މިސް ވޯލްޑް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ބައިވެރިޔާ އެވެ. ފާއިތުވި ދުވަސްތަކުގައި އޭނާ ވަނީ މުބާރާތުގެ "ހެޑް-ޓު-ހެޑް ޗެލެންޖް" ގައި އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ގަދަ 5 އަކުން ޖާގަ ހޯދައި، ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފަ އެވެ.
އުފަންދުވަހުގެ ހަދިޔާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވާހަކަދައްކަމުން ކަވާނާ ބުނީ، އީމާ ދިން ހާއްސަ ހަދިޔާ އޭނާއަށް ވަރަށް ކަމުދިޔަ ކަމަށެވެ. އަދި އޭނާގެ އުފަންދުވަހަކީ ހަނދާނުން ފޮހެލަން ދަތި އުފާވެރި ދުވަހަކަށް ހަދައިދިނީތީ އީމާއަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް ވެސް ކަވާނާ ބުންޏެވެ.
މި އަހަރަކީ މިސް ވޯލްޑް މުބާރާތުގެ 75 ވަނަ އަހަރީ މުބާރާތް ކަމަށްވާއިރު، މި ފެސްޓިވަލް ފަށާފައި ވަނީ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު އެވެ. ދުނިޔޭގެ 110 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ މި މުބާރާތުގެ ފައިނަލް ޝޯ އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ވިއެޓްނާމުގެ ނާ ޓްރަންގް ސިޓީގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;