"އެމްއާރްސީ ނޭޕާލް ސޮލިޑަޓަރީ ފަންޑު" ގެ ބޭނުމަކީ ކޯރު ބަންޑުންވުމުގެ ކާރިސާގައި އަސަރުކޮށްފައިވާ މީހުންނަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރެޑް ކްރެސެންޓުން ބުނެ އެވެ.
އެ ފަންޑުން ލިބޭ ހުރިހާ ފައިސާއެއް، އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ރެޑް ކްރޮސް މެދުވެރިކޮށް ދޭނީ ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއަށް ކަަމަށް އެމްއާރްސީ އިން ބުނެ އެވެ.
މިހާތަނަށް ބެލި ބެލުމުން އެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގަން މެދުވެރިވީ ހިމާލަޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ގްލޭޝިއާއެއް (ސްނޯ ފަރުބަދައެއް) ކަނޑައިގެން ގޮސް ވެއްޓުމާ ގުޅިގެންނެވެ.
އެ ހާދިސާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު 1،300 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.
ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން އިންޒާރުދީފައިވާ ގޮތުގައި، އެ ސަރަހައްދުގައި އޮންނަ ބޯޓެކޯޝީ ކޯރު ބެދުމުގެ ސަބަބުން އުފެދިފައިވާ ފެންގަނޑު ދަނީ ބޮޑުވަމުންނެވެ. އަދި އެ ފެންގަނޑު ފެތުރިގެން ދިއުމުގެ ނުރައްކާ ވަރަށް ބޮޑެވެ.
މި ކާރިސާގައި ޗައިނާގެ ފަޅިން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ޓިބެޓުގެ ގިޔަރޮންގް ކައުންޓީއަށެވެ. ސީސީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުން 558 މީހުން ގެއްލިފައިވާއިރު، އޭގެ ތެރޭގައި 260 ބިދޭސީން ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;