ads
ޓިކްޓޮކް ތަރި އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރު މަންޖީތު ކޯރު
ޕަންޖާބުގައި ވަގަށްނަގައި ގަހެއްގައި ބަނދެ ހުޅުޖެހި ޓިކްޓޮކްތަރި މަރުވެއްޖެ
އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ މަޝްހޫރު ޓިކްޓޮކް ތަރި އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރު މަންޖީތު ކޯރު ވަގަށް ނަގައި، ޖަންގަލި ތެރޭގައި ހުރި ގަހެއްގައި ބަނދެ ރޯކޮށްލުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
Advertisement

ރިޕޯޓުތައް ބުނާ ގޮތުން މަންޖީތު ވަގަށް ނަގާފައިވަނީ ޗަންދީގަރުންނެވެ. އޭނާ ވަގަށް ނެގުމަށްފަހު ގެންދިޔައީ މޮރިންޑާއާ ކައިރީގައި އޮންނަ ޖަންގަލީގެ ސަރަހައްދަކަށެވެ. އެތަނަށް ގެންގޮސް ގަހެއްގައި ބަނދެ، އޭނާގެ ގައިގައި އަލިފާން ރޯކޮށްލާފައިވަނީ ވަރަށް އަނިޔާވެރި ގޮތަކަށެވެ.

މި ހާދިސާގައި މަންޖީތުގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާއިރު، އޭނާއަށް ފަރުވާދެމުން ދިޔައީ ޕީޖީއައިއެމްއީއާރު ހޮސްޕިޓަލުގައެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހު އެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އޭނާ މަރުވެފައިވަނީ މި އޮގަސްޓު މަހުގެ 26 ވަނަ ދުވަހު އެވެ.

މަންޖީތުގެ މަރާ ގުޅިގެން އޭނާގެ މަންމަ، ކާންތާ ދޭވީ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. ކާންތާ ދޭވީ ފުލުހުންނަށް ދިން މައުލޫމާތުގައި ބުނެފައިވަނީ އޭނާގެ ދަރިފުޅު ވަގަށް ނަގައި އަނިޔާކޮށް މަރާލާފައިވަނީ ބަޔަކު ރާވައިގެން ކަމަށާއި އެކަމަށް އިންސާފު ބޭނުންވާ ކަމަށެވެ.

މަންމަގެ ޝަކުވާއާ ގުޅިގެން ޗަންދީގަރު ފުލުހުން މިހާރު ވަނީ މީހަކު ވަގަށް ނެގުމާއި ގަސްދުގައި މީހަކު މެރުމުގެ މައްސަލައެއްގެ ގޮތުގައި މިކަން ތަހުގީގުކުރަން ފަށާފަ އެވެ. ފުލުހުން ދަނީ މި ހާދިސާގެ ފަހަތުގައި ތިބި މީހުން ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;