ads
ސްވިޑަން ގައި ޗުއްޓީ ހޭދަކުރާ ބައެއް
ބަލިތަކަށް ފަރުވާއެއްގެ ގޮތުން ސްވިޑަންއަށް ޗުއްޓީއަކަށް ދާން ޑޮކްޓަރުން ލަފާދެނީ
ސްވިޑަންގެ ޓޫރިޒަމް ޕްރޮމޯޓުކުރާ ރަސްމީ އިދާރާ، ވިސިޓް ސްވިޑަން އިން މީހުންގެ ދުޅަހެޔޮކަމާއި ސިއްހަތު ރަނގަޅުކުރުމުގެ ބޭނުމުގައި، އެ ގައުމަށް ޗުއްޓީ ހޭދަކޮށްލަން ދިއުމަށް ޑޮކްޓަރުންނަށް ލަފާދެވޭ ގޮތަށް "ދަ ސްވިޑިޝް ޕްރިސްކްރިޕްޝަން" ގެ ނަމުގައި އާ ކެމްޕޭނެއް ފަށައިފި އެވެ.
Advertisement

މިއީ ބަލިމީހުންގެ ސިއްހަތު ރަނގަޅުކުރުމަށް ދެވޭ ފަރުވާއެއްގެ ގޮތުގައި ސްވިޑަންގެ ގުދުރަތީ ރީތިކަމާއި ސަގާފަތުގެ ތެރެއިން ހިތްހަމަޖެހުން ހޯދުމަށް ފެށި ތަފާތު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން މައިގަނޑު ގޮތެއްގައި ބާރުއަޅަނީ ގުދުރަތީ ވެށީގައި ވަގުތު ހޭދަކުރުމަށާއި، މީހުންނާ ގުޅުން ބަދަހިކުރުމުގެ މައްޗަށެވެ. މީގެ ތެރޭގައި ޖަންގަލިތަކުގައި ވަގުތު ހޭދަކުރުމާއި، ފިނި ފެނަށް އެރުމާއި، ތަރިތަކުގެ ދަށުގައި ނިދުމުގެ އިތުރުން ސްވިޑަންގެ ސަގާފީ ކޮފީ ބްރޭކް ނުވަތަ "ފީކާ" ގައި ބައިވެރިވުން ހިމެނެއެވެ. 

މި ކެމްޕޭނަކީ ހަމައެކަނި ޓޫރިޒަމް އިޝްތިހާރު ކުރުމަށް ފެށި ކަމެއް ނޫނެވެ. ވިސިޓް ސްވިޑަން އިން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމްގައި ހިމެނޭ ކަންކަމަކީ ސިއްހަތަށް ފައިދާހުރި ކަންކަން ކަމަށް ކަރޮލިންސްކާ އިންސްޓިޓިއުޓްގެ ސީނިއާ ޕްރޮފެސަރު އީވޯން ފޯސެލް ވަނީ ދިރާސާކުރައްވައި ކަށަވަރުކޮށްދެއްވާފައެވެ. އަދި ބަލިމީހުންނަށް އަމިއްލައަށްވެސް އެމީހުންގެ ޑޮކްޓަރުންނާ މަޝްވަރާކުރުމަށް ހާއްސަ ފޯމެއް ޑައުންލޯޑު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިކަމާ ގުޅޭގޮތުން ވިސިޓް ސްވިޑަން އިން ބުނީ، މިއީ ސަރުކާރުން ހަރަދުދީފައި ބަލިމީހުން ފޮނުވާ ފަރުވާއެއް ނޫން ކަމަށެވެ.

"މިއީ ދަތުރުފަތުރު ކުރުމާއި ގުދުރަތީ ވެއްޓާއި ގުޅިގެން ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ފެށި ކަމެއް، އަދި މިފަދަ ލަފައެއް ދޭނީ ސީދާ ޑޮކްޓަރުން އަމިއްލައަށް ބެލުމަށްފަހު،" އެ އޮފީހުން ބުންޏެވެ.

ޑޮކްޓަރުންގެ ބޭސް ސިޓީއަކާއެކު ޗުއްޓީއަކަށް ދިއުމަކީ އާންމުކޮށް އިވޭ ކަމަކަށް ނުވިޔަސް، މިއީ ސިއްހަތާއި ޓޫރިޒަމް ގުޅުވާލުމަށް ސްވިޑަންއިން ކުރި ވަރަށް ތަފާތު މަސައްކަތެކެވެ. މީގެ ސަބަބުން، ބަލިތަކުން ދުރުވުމަށާއި ސިކުނޑީގެ ހަމަޖެހުމަށްޓަކައި ދަތުރުކުރުމުގެ މުހިންމުކަން ގިނަ ބަޔަކަށް ވިސްނި، މިފަދަ ޗުއްޓީތަކަށް ދާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;