މިއާމީގެ އެޑްރިއަން އަރްޝްތު ސެންޓަރުގައި ބޭއްވި މި މުބާރާތުގައި އެމެރިކާގެ އެކި ކަންކޮޅުތަކުން ވާދަކުރި ފަރާތްތަކާ ވާދަކޮށް އޭނާ މި ކާމިޔާބީ ހޯދީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މިއީ މުބާރާތުގެ ގަވާއިދުތަކަށް 2023 ވަނަ އަހަރު ގެނައި ބޮޑު ބަދަލަކަށްފަހު ފެނިގެންދިޔަ ތާރީހީ ކާމިޔާބީއެކެވެ. މީގެ ކުރިން މިސް ޔޫއެސްއޭ މުބާރާތުގައި ބައިވެރިވެވެނީ ހަމައެކަނި ކައިވެނިނުކުރާ އަދި ދަރިން ނުތިބޭ އަންހެނުންނަށެވެ. ނަމަވެސް އެ ގަވާއިދުތަކަށް ގެނައި އާ ބަދަލާއެކު، މަންމައިންނާއި ކައިވެނިކޮށްގެން އުޅޭ އަންހެނުންނަށްވެސް ވަނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންގޮސްފައެވެ.
އުމުރުން 31 އަހަރުގެ ޖަސްޓަސް ކެލީއަކީ ފޯސްޓާ މަންމައެއްގެ ގޮތުގައި ކުދިން ބަލަހައްޓަމުން އަންނަ އަދި އިޖުތިމާއީ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާ ވަނީ ކުޑަކުދިންނާއި އާއިލާތަކަށް އެހީތެރިވުމަށް ޖަމިއްޔާއެއްވެސް އުފައްދާފައެވެ. މުބާރާތުގައި ވާދަކުރުމަށް މިއާމީއަށް ދިޔައިރު އޭނާގެ ސާމާނު ހުރީ ކުނި ކޮތަޅުތަކެއްގައި ޕެކްކޮށްފައެވެ. މިއީ ފޯސްޓަރ ކެއަރ ގައި އުޅޭ ކުދިން އެއްގެއިން އަނެއްގެއަށް ބަދަލުވާއިރު ކުރިމަތިވާ ކަންކަމަށް ސަމާލުކަން ހޯދައިދިނުމުގެ ގޮތުން އޭނާ ކުރި ކަމެކެވެ.
މުބާރާތުގެ ފަހު މަރުހަލާގައި ދެއްކި ވާހަކައިގައި ޖަސްޓަސް ކެލީ ބުނީ "އަހަރެމެންގެ ކެރިއަރާއި އާއިލާ އަދި ހުވަފެންތަކާ ދެމެދު ގޮތެއް ނިންމަން ޖެދުވަސްތައް މިހާރު ވަނީ މާޒީވެފަ" ކަމަށެވެ.
މި ކާމިޔާބީއާއެކު އޭނާއަށް 150,000 ޑޮލަރުގެ މުސާރައަކާއި، ރޭންޖް ރޯވާ ކާރެއްގެ އިތުރުން މިއާމީގެ ލަގްޒަރީ އެޕާޓްމަންޓެއް އެއް އަހަރަށް ލިބޭނެއެވެ. ޖަސްޓަސް ކެލީ ދެން އެމެރިކާ ތަމްސީލުކުރާނީ އިންޓަނޭޝަނަލް ފެންވަރުގައި ބާއްވާ މިސް ޔުނިވާސް މުބާރާތުގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;