ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 މާރުކުރަންޖެހޭގޮތަށް ބޭރު ފައިސާ އާ ބެހޭ ބިލު އިސްލާހުކޮށް، މިދިޔަ ބުދަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ އެވެ.
އެއާ އެކު ވިޔަފާރިވެރިން އެކަމާ ނުުރުހުން ފާޅުކުރަމުންދާއިރު، "އެމްއެމްޓީވީ"ގެ ޕްރޮގްރާމެއްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް އެންމެ ބޮޑަށް އިސްކަން ދެއްވަނީ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ފަހިކޮށްދިނުމަށް ކަމަށާއި އެ މަނިކުފާނުގެ ޒިންމާއަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ.
ގައުމު މި ހާލަތަށް ވައްޓާލުމުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭ ކަމަށާއި ޑޮލަރުގެ ހާލަތު މިއަދު މި އޮތް ހާލަތަށް ދިޔައީ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕްކުރުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.
ރިސޯޓުތަކަށް މަހަކު ލިބޭ ޑޮލަރު އާމްދަނީގެ %40 ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހޭގޮތަށް އިސްލާހު ގެނައި އިރު:
ޓޫރިސްޓު ހޮޓާ އަދި ގެސްޓުހައުސް ފަދަ ތަންތަނަށް އަންނަ ކޮމެން ޓޫރިސްޓަކަށް މަހެއްގެ ތެރޭ ބޭރު ފައިސާގެ އާމްދަނީގެ %20 މާރު ކުރަންޖެހޭ ގޮތަށް އިސްލާހު ގެނައުމަށް ވަނީ ފާސްކޮށްފައި
ޓޫރިސްޓު ހިދުމަތްދޭ ތަންތަނާއި މާލީ އިދާރާތައް ފިޔަވާ ބޭރު ފައިސާ އިން އާމްދަނީ ލިބޭ މީހުންގެ ތެރެއިން15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ މީހުންގެ އާމްދަނީގެ %40 ވެސް މާރު ކުރަންޖެހޭ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;