2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޗެނަލް 13 ގެ ލައިވް އިންޓަވިއުއެއްގައި ފުލުހުންތަކަކަށް ނިސްބަތްކޮށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެވެ. އެ މައްސަލައިގައި، އަބްދުއްސަމަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުވެސް ކުރިއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށް ކޯޓަށް ހުށަހެޅީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. މައްސަލަ ކޯޓުގައި އޮންނަތާ 5 އަހަރު ފަހުން، ކުރި ހުކުމުގައި ފަނޑިޔާރު އިބްރާހީމް އިހްސާން ވިދާޅުވީ، އޭނާގެ މައްޗަށް ކުރި ދައުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުވެފައި ނުވާ ކަމަށެވެ.
ޝަރީއަތުގައި ދައުވާއަށް އިންކާރުކުރަމުން އަބްދުއްސަމަދު ބުނީ، ފުލުހުންނަށް ގެއްލުމެއް ދިނުމުގެ ނުވަތަ އިންޒާރު ދިނުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އަދި އޭނާ އިންޓަވިއުގައި "ކޮށާލާނެ" ކަމަށް ބުނެ މާނަކުރީ ދޮގު ހެކިދޭ ފުލުހުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމާއި، އެފަދަ ފުލުހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ވާހަކަ ކަމަށް އޭނާ ބުނެފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;