ads
އެކްސިޑެންޓު ހިނގި ތަނުގައި ސައިކަލު ވެއްޓިފައި އޮތް އިރު، ކައިރީގައި ކުޑަކުއްޖާގެ ފައިވާން.
ވިނަރެސް ކައިރީގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ އައިސީޔޫގެ ވެންޓިލޭޓަރުގައި!
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ހިނގި އެކްސިޑެންޓެއްގައި ހާލު ސީރިއަސްވި ކުޑަކުއްޖާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
Advertisement

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުނެއެވެ. މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އައިސީޔޫގެ ވެންޓިލޭޓަރުގައި އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. 

ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ދައްކާ ގޮތުން، އެ އެކްސިޑެންޓް ހިނގީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލަކުން، ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އެރުމަށް މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;