ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށާއި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ.
އެކްސިޑެންޓުވުމާ އެކު ކުއްޖާ ފުރަތަމަ ގެންދިޔަ ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ކުއްޖާ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ކުއްޖާގެ ހާލަތަށް ބަލައި އައިޖީއެމްއެޗަށް މިހާރު ރިފަކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާގައި ޝާމިލުވާ ފަރާތްތަކުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓެކްސީއެއް އޮތީ މަގުގެ އެއް އަރިމަތީގައި އޮންނަ ސައިކަލު ލޭނުގައި މަޑުކޮށްގެންނެވެ. އަދި އެ ޓެކްސީގެ ކުރިމަތީގައި ސައިކަލެއް ވެއްޓި، ކަހައިގެން ގޮސްފައި އޮތް މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.
އަދި ކުއްޖާގެ ބޮލުން ބައިވަރު ލޭ އައިސްފައި އޮތްތަން ވެސް ފެނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;