މިދިޔަ ބުރާސްފަތި ދުވަހު ހިނގި މިހާދިސާގައި މަރުވެފައިވަނީ ދަފްތަރު ނަންބަރު ރސ. 6210 / އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީގު އެވެ.
މ. ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ހިންގި މިހާދިސާގއި މަރުވި އަންހެން މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައި މިވަނީ ހާދިސާ ހިނގިތާ ތިން ދުވަސް ފަހުންނެވެ. އެ ހާދިސާއަށް ފަހު ފުލުހުންގެ ތަހުގީގަށް އެމީހާގެ ހަށިގަނޑު މިހާތަނަށް އޮތީ މޯޗަރީގައި ބާއްވާފަ އެވެ. އެންގިފައިވާ ގޮތުގައި މި މިހާގެ ހަށިގަނޑު ފުލުހުން މިއަދު އާއިލާއާ ހަވާލުކުރިއިރު ޕޯސްޓްމޯޓަމެއް ހަދާފައެއް ނުވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި މި އަންހެން މީހާ މަރުވިއިރު އޭނާގެ އުމުރުން 19 އަހަރުގެ އަންހެން ދަރިފުޅުވެސް ފެނުނީ ހަބަރު ނެތިގެން ގޭތެރެއަށް ވެއްޓިފައި އޮއްވަ އެވެ. އެ ކުއްޖާއަށް އަންނަނީ އޭޑީކޭ ހޮސްޕިޓްލުގައި ފަރުވާދެމުން ނެވެ. އެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަކަަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;