ads
ރައީސް ޑރ.މުހައްމަދު މުއިއްޒު ޗައިނާ މޯލްޑިވްސް އެވާލާސްޓިން ފްރެންޑްޝިޕް ޕާކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ޗައިނާ މޯލްޑިވްސް އެވަލާސްޓިން ފްރެންޑްޝިޕް ޕާކަށް ރައީސް ޒިޔާރަތްކުރައްވައިފި
ލޮނުޒިޔާރަތްކޮޅުގައި ސިނަމާލެ ބުރިޖު ކައިރީ ތަރައްގީކޮށްފައިވާ ޗައިނާ މޯލްޑިވްސް އެވާލާސްޓިން ފްރެންޑްޝިޕް ޕާކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ޒިޔާރަތްކުރައްވައިފި އެވެ.
Advertisement

30 އޮގަސްޓް 2018 ގައި ބޭނުންކުރަން ފެށި ސިނަމާލެ ބްރިޖަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބައެއްގެ ދިރިއުޅުން ބަދަލުކޮށްލައި، މި ސަރަހައްދުގެ ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ގެނެސްދިން ބިނާއެކެވެ. މިހާރު ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު، 1.4 ކިލޯމީޓަރުގެ މި ބްރިޖު ހުރަސްކޮށް، މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދުގައި ދަތުރު ކުރެ އެވެ.

ބްރިޖަށް އަށް އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބްރިޖަށް 8 އަހަރު ފުރޭއިރު، މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުުޅުވައިދިން ބްރިޖު ވެގެންގޮސްފައިވަނީ ދެގައުމުގައިވާ ދެމެހެއްޓެނިވި ގަދަފަދަ ރަމްޒަކަށް ކަމަށެވެ. 

"މިއީ ހަމައެކަނި އުމްރާނީ ތަރައްގީގެ ވަސީލަތެއް ނޫނެވެ. މިއީ ދިވެހިރާއްޖެއާއި ޗައިނާ ގުޅުވައިދޭ އިތުބާރާއި، އެއްބައިވަންތަކަމާއި، ބައިވެރިވާ އުންމީދުތަކުގެ ރަމްޒެކެވެ" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ރާއްޖޭގައި ހިންގި އެ ފެންވަރުގެ ފުރަތަމަ، އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ވެސް މެ އެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އެ ބްރިޖަކަށް ހަރަދުވި އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. ލޯނެއްގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިން އިރު، ދިވެހި ސަރުކާރުން އެ މަޝްރޫއަށް 12 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

އެ ބްރިޖު ބޭނުންކުރަން ފެށީރުއްސުރެ މިއަދާ ހަމައަށް ވެސް އެތަނުގެ މެއިންޓެނަންސްގެ ކަންކަން ބަލަހައްޓަނީ ބްރިޖު އިމާރާތްކުރި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ހިލޭ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;