އެންސްޕާއިން ބުނީ އެ އެޖެންސީން ފޯރުކޮށްދޭ އިޖްތިމާއީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މިއެހީތައް ފޯރުކޮށްދިނުމަށްޓަކައި، އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނު ގެ ދަށުން އެޖެންސީން ފޯރުކޮށްދެމުންދާ އެހީތަކަށް 2016 ވަނަ އަހަރުވަނީ ގަވާއިދު އެކުލަވާލެވި އަމަލުކުރަން ފަށާފައިކަމަށެވެ. އެ ގަވައިދުގައިވާ ގޮތުން، އިޖްތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ހައްގުވާ ފަރާތްތަކަށް އެހީ ދެވޭނީ މީލާދީ ދެ އަހަރުގެ މުއްދަތަށް މަހުން މަހަށްކަމަށް ބުނެފައިވާކަމަށެ ވެ.
އެހެންކަމުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ އެހީތައް ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެ އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން 30 ނޮވެންބަރު 2026 ގެ ކުރިން https://one.gov.mv މެދުވެރިކޮށް އަލުން ފޯމު ހުށަހެޅުމަށް އެންސްޕާއިން ވަނީ އެދިފަ އެވެ. އަދި މި މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކޮށްކަމަށްވެސް އެންސްޕާއިން ބުނެއެވެ.
އެހީއަށް އެދޭ ފަރާރްތަކުންގެ ތެރެއިން އަލުން ފޯމު ހުށައަޅަޏް ޖެހޭ ފަރާތްތައް
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 ން ރޭގަނޑު 10:00 އަށް، އެޖެންސީގެ ހޮޓްލައިން 1402 އަށް ގުޅުމުން ލިބޭނެކަމަށް އެންސްޕާއިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;