ads
ރިވެލި އެވޯޑް 2021 ރަސްމިއްޔާތުގެ ތެރެއިން - ފައިލް ފޮޓޯ ރައީސް އޮފީސް
ރިވެލި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން ދޭ "ރިވެލި އެވޯޑު" އަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
Advertisement

މިނިސްޓްރީ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއާއިން ބުނީ އެ އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ 13:00 އާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ. 

ކެޓަގަރީތައް:

1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

2. އެކި ގޮތްގޮތުން ދިވެހި ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

3. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ (ސަރުކާރު އަދި އަމިއްލަ ފަރާތްތައް)

4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ

5. ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ

6. ނުކުޅެދުންތެރިކަން ހުންނަ މީހުން އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އަމިއްލަ ކުންފުންނި / ސަރުކާރު ހިއްސާވާ ކުންފުނި)

މިފަދަ އެވޯޑެއް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގައި ތިބި ޤާބިލު ބައެއްކަން ހާމަކޮށްދިނުން ކަމަށް މިނިސްޓްރީން ބުންނެވެ. މީގެ ސަބަބުން މުޖުތަމައުގެ ތަފާތުކުރުންތައް ކުޑަވެ، ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށްވެސް މިނިސްޓްރީން ބުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;