މިއަދު ފާހަގަކުރާ ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައި އޭނާ ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގައުމު ބިނާކުރުމުގެ މަސައްކަތުގައި އުޅޭ ހުރިހާ ދިވެހި އިންޖިނިއަރުންނަށް، ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދުވަހުގެ ތަހުނިޔާ ފޮނުވައިފަ އެވެ.
އަޒްވަރު ވިދާޅުވީ، އިންޖިނިއަރިން ދާއިރާއަކީ ކޮންމެ ގައުމެއްގެވެސް ތަރައްޤީއާއި ތަހުޒީބުގެ މައިބަދަ ކަމަށެވެ އަދި ސްޓެލްކޯގެ އެންމެ ބޮޑު އެއް ފަޚުރަކީ އެ ކުންފުނީގައި ތިއްބެވި ޤާބިލު، ސައްތައިންސައްތަ ދިވެހި ހުނަރުވެރި އިންޖިނިއަރުންގެ ޓީމު ކަމަށް އަޒްވަރު ވިދާޅުވި އެވެ.
ތަފާސްހިސާބުތައް ހިއްސާކުރައްވައި އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ދެ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން ޖުމުލަ 1،482 ފުރުސަތު ސްޓެލްކޯގެ މުވައްޒަފުންނަށް ވަނީ ހޯދައިދީފަ އެވެ. އެއީ، 2024ގައި 535 ފުރުސަތާއި މިދިޔަ އަހަރުގައި ހޯދައިދިން 947 ފުރުސަތެވެ.
މިއަދުގެ ޒުވާން ޖީލަށް މުހާތަބު ކުރައްވައި އަޒުވަރު ވިދާޅުވީ، މިހާރު އިންޖިނިއަރިން ދާއިރާ ހިޔާރުކުރާ ދަރިވަރުންގެ އަދަދު މަދުނަމަވެސް، މިއީ އުފެއްދުންތެރިކަމާއި، ގައުމު ބިނާކުރުމަށްޓަކައި ހިޔާރުކުރަން ނުހަނު މުހިންމު، ދާއިރާއެއް ކަމަށެވެ. އަދި ސްޓެލްކޯގެ ދޮރުތަކަކީ އަބަދުވެސް އިންޖިނިއަރިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް މަރުހަބާ ކިޔުމަށް އަބަދުމެ ހުޅުވިފައިވާ ދޮރުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ކުންފުނީގެ އިންޖިނިއަރުންގެ މަސައްކަތް ފާހަގަކުރައްވައި އޭނާ ވަނީ، ކޮންމެ ދަތި ވަގުތެއްގައިވެސް، އަދި ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އިންޖިނިއަރުން ދައްކާ ހިތްވަރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;