ފަހުގެ ރިޕޯޓުތައް ބުނާގޮތުން އޭނާ މިހެން ބުނީ، މުބާރާތުގެ ސްޓޭޖުމަތީގައި ހިނގާފައި ދަނިކޮށް ވެއްޓުމުން ދިމާވި ހާދިސާއަށް ފަހު، ގައުމަށްޓަކައި ހުރި ސާބިތުކަން ދައްކައިދިނުމުގެ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގަ އެވެ.
އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސްޓޭޖުމައްޗަށް ވެއްޓުނު ކަމުގައި ވިޔަސް އެކަމުގެ ސަބަބުން އޭނާގެ ހިތްވަރު އެލިގެން ނުދާނެ ކަމަށެވެ. އަދި ވެއްޓުމަކީ އަލުން ތެދުވެ ކުރިއަށް ދިއުމަށް އޮތް ހުރަހެއް ކަމަށް އޭނާ ނުދެކޭ ކަމަށް ވެސް ދިބްޔާ ފާހަގަކުރި އެވެ.
މީގެ އިތުރުން ދިބްޔާ ބުނީ، ކޮންމެ ފަދަ ހާލަތެއް މެދުވެރިވި ނަމަވެސް އޭނާގެ މަގުސަދަކީ ފަހުރުވެރިކަމާއި ސާބިތުކަމާއެކު ނޭޕާލްގެ ދިދަ އުފުލާލުން ކަމަށެވެ. މިއީ އިންޓަނޭޝަނަލް މުބާރާތެއްގައި ގައުމު ތަމްސީލުކުރުމަށް އޭނާ ދޭ އަހައްމިއްޔަތުކަން ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ ކަމެކެވެ.
މި ހާދިސާއަށްފަހު އާންމުންގެ ފަރާތުން ދިބްޔާއަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން އޭނާއަށް ލިބުނު ލޯތްބާއި ސަޕޯޓަށް ޝުކުރު އަދާކުރަމުން ދިބްޔާ ބުނީ، އެންމެންގެ ފަރާތުން ލިބުނު އިންތިހާ ލޯތްބާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
މުބާރާތްތަކުގެ ސްޓޭޖުމައްޗަށް ވެއްޓުމަކީ އާންމުކޮށް ބައިވެރިންނަށް ވަރަށް ބޮޑު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ނަމަވެސް ދިބްޔާ ތާޕާ ވަނީ މި ހާދިސާ އޭނާގެ ބާރަކަށް ބަދަލުކޮށް، ގައުމަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯބި ސާބިތުކޮށްދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;