ads
ޔާމީން އަދި ސައީދު
ސައީދުގެ ރައްދު ޔާމީނަށް، ތިލަފުށީ ވިޔަފާރި ބަނދަރަކީ ދިވެހިންގެ %100 މިލްކެއް
ތިލަފުށީގައި ޤާއިމްކުރާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރަައްޔިތުންގެ 100 އިންސައްތަ މިލްކެއްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ސައީދު މިހެން ވިދާޅުވީ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ތިލަފުށީ ބަނދަރު އިންޑިއާ ކުންފުންޏަކަށް މި ސަރުކާރުން ވިއްކާލަން ނިންމާފައިވާކަމަށް ބުނެ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަ އެވެ. 

ރޭ ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ކުންފުންޏަކަށް ތިލަފުށީ ޕޯޓު ވިއްކާލާން ސަރުކާރުން އުޅޭކަމަށާއި މީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ވިއްކާލުން ފަދަ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ބަންދަރު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރުން މަނާތަކެތި އިންޑިއާއިން އެތެރެކުރާނެކަމަށާއި އެތަނުން ވަޒީފާވެސް ދިވެހިންގެ ބަދަލުގައި ދޭނީ އިންޑިއާ މީހުންނަށް ކަމަށެވެ. 

މި ވާހަކަތަކަށް ރައްދުދެއްވާ އިކޮނޮމިކް މިނިސްޓަރު މުހައްމދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަފުށީގައި ޤާއިމްކުރާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރަައްޔިތުންގެ 100 އިންސައްތަ މިލްކެއް ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ދިވެހިންނަށް ދެއްވާކަމަށްވެސް ސައީދު ވިދާޅުވި އެވެ. 

" ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސް ޑރ. މުއިއްޒު ބިނާކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ޤައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި. އެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން." ސައީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.

ސައީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދައުރު ފަށާ، ފުރިހަމަކޮށް ނިންމާނެ އެންމެ ބިޔަ އަދި ދިވެހީންނަށް އެންމެ މަންފާހުރި މަޝްރޫއަށް ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރު ވާނެކަމަށެވެ. އަދި އެ ބޮޑު ހަގީގަތް ދެކެން ނުކުޅެދި، ރޯ ބުހުތާނު ދޮގު ތިލަފުށީ ބަނދަރާމެދު ނުފެތުރުމަށް ސައީދު ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އެތަނުގެ ހިދުމަތް އަންނަ އަހަރުހެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ފައްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;