ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި، މަޑުއްވަރީ ފުލުހުންނާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މަޑުއްވަރީގައި މިމަހުގެ 28 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
މި އޮޕަރޭޝަންގައި، މަޑުއްވަރީ ހަތް ގެއެއް ބަލައިފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނައިކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރެއިން ދެ މީހުން ފިޔަވައި ދެންތިބި މީހުންވަނީ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެ އެވެ. މި އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 53.05 ގުރާމުކަމަށްވެސް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމު މުހައްމަދު މުއިއްޒު 10 ދުވަހަށް އަދި އާދަމް އާސިމް ހަތް ދުވަހަށް ބަންދުުކުރުމަށް ކޯޓުން މުއްދަތު ޖަހާދީފއިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;