އަހްމަދު ޝަކީބަކީ ދިވެހި ކުޅިވަރުގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ، އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ރާއްޖެ ތަމްސީލުކުރައްވާފައިވާ ހިދުމަތްތެރި ބޭފުޅެކެވެ
އޭޝިޔާގެ ވޮލީގެ މައި ޖަމިއްޔާ އޭވީސީގެ މެޑިކަލް ޓީމުގެ އިސްކޮށް ޝަކީބް ހުންނަވައިގެން، މިއަހަރު މެޑިކަލް ޑެލިގޭޓްކަން ކުރެއްވި މުބާރާތްތަކުގެ ތެރޭގައި އޭވީސީ ބީޗް ޔޫތު ޗެމްޕިއަންޝިޕް 2026 – އުޒްބެކިސްތާން، އޭވީސީ މެންސް ކަޕް 2026 – އަހުމަދުއާބާދު، އޭވީސީ ޔޫތު U18 ބޯއީސް ޗެމްޕިއަންޝިޕް 2026 – ހުއާ ހިން، އޭވީސީ ވުމެންސް ވޮލީބޯލް ކޮންޓިނެންޓަލް ޗެމްޕިއަންޝިޕް 2026 – ތިއަންޖިން (ހެޑް އޮފް އޭވީސީ މެޑިކަލް ޑެލިގޭޓްގެ ގޮތުގައި) ހިމެނެ އެވެ.
މުޅި އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި އަދި ބޮޑު މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނާއި ރެފްރީންގެ ސިއްހީ ކަންކަން ބަލައި މޮނިޓަރ ކުރުމުގެ އެންމެ އިސް އިސްވެރިއެއްގެ ގޮތުގައި ދިވެއްސަކު ހުރުމަކީ ދިވެހިރާއްޖެއަށް މުޅި ކުޅިވަރުގެ ދާއިރާއިން ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ.
އަހްމަދު ޝަކީބު ނުވަތަ އާއްމު ނަމުންނަމަ ޑޮކްވަނީ ކުޅިވަރު މެޑިސިން ދާއިރާގައި 23 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައި ވެއެވެ. ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރުގެ މަގާމު އަދާކުރައްވައި، ދިވެހި އެތުލީޓުންގެ ސިއްހަތާއި އަނިޔާތަކުން ރަނގަޅުވުމުގެ ކަންކަމުގައި ބޮޑު ދައުރެއް ޑޮމް އަދާކުރެއްވި އެވެ.
ޑޮކްވަނީސްޕޯޓްސް އެންޑް އެކްސަސައިޒް މެޑިސިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;