ads
ޑްރަގު ވިޔަފާރިކުރާތީ ކާށިދޫއިން ހައްޔަރުކުރި މީހުން
ޑްރަގު ވިއްކާ ގޭންގެއް ކާށިދޫން ހިފާ ހައްޔަރުކޮށްފި
ޑްރަގު ވިއްކާ ގޭންގެއް ކާށިދޫން ހިފާ ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި އިއްޔެކަމަށެވެ. މި އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 32.55 ގުރާމްކަމަށް ފުލުހުން ބުނެ އެވެ. 

މި އޮޕަރޭޝަންގައި ކާށިދޫ 10 ގެއެއް ބަަލައިފާސްކޮށް 10 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށާއި އޭގެ ތެރެއިން ހަތަރު މީހުން ވަނީ ދޫކޮށްލާފައިވާކަށް ފުލުހުން ބުނެ އެވެ. އަނެއް ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ކޯޓުން ދޫކޮށްލާފައިކަމަށްވެސް ފުލުހުން ބުނެ އެވެ. 

ކޯޓުން މުއްދަތު ޖަހާދިން މީހުން 

  • ރިހިތަރި / ކ. ކާށިދޫ، މުހައްމަދު އަހުދު (30އ) 
  • ދިލްޝާދުގެ / ގދ. ރަތަފަންދޫ، ގާނިމް މުފީދު (26އ)
  • ރެޑިއަމްގެ / ކ. ކާށިދޫ، އަބްދުލްއަލީމް މުހައްމަދު (37އ) 
  • ގ. މާލެހިޔާ 2 02-13 / މާލެ، މަދީހް ރަޝީދު (29އ) 
  • ޝަބްނަމްގެ / ކ. ކާށިދޫ، ނަޒާން މުހައްމަދު ޝާކިރު (22އ) 

 މީގެތެރެއިން މުހައްމަދު އަހުދާއި ގާނިމް މުފީދުގެ ބަންދަށް 10 ދުވަސް ކޯތުން ވަނީ ޖަހާދީފަ އެވެ. އަބްދުލްއަލީމް މުހައްމަދު މަދީހް ރަޝީދާއި ނަޒާން މުހަމަދު ޝާކިރު ގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;