ޕެންޝަން ބޯޑުގައި 8 މެންބަރުން ތިއްބަވަ އެވެ. އެއީ ޗެއާޕާސަންގެ އިތުރުން ސީއެމްޑީއޭ މެންބަރަކާއި ފިނޭންސް މިނިސްޓްރީގެ މެންބަރެއްގެ އިތުރުން ސޯޝަލް ސެކިއުރިޓީ ދާއިރާއިން ސަރުކާރު ތަމްސީލް ކުރާ އެންސްޕާގެ މެންބަރެއް އަދި ޕްރައިވެޓް ސެކްޓަރުގެ ހަތަރު މެންބަރުންނެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޕެންޝަން ނިޒާމު ހިންގުމަށް ހާއްސަ ކޮށްފައިވާ މުއައްސަސާއެކެވެ. ގާނޫނުގައިވާ ގޮތުގެ މަތިން އެ އޮފީސް ހިންގަނީ އަށް މެންބަރުންގެ ބޯޑަކުންނެވެ. އޭގެ ތެރޭގައި ޕްރައިވެޓް ސެކްޓަރުގެ ހަތަރު މެންބަރުން ހިމެނެން ޖެހޭއިރު، އެ މެންބަރުން ބޯޑަށް އައްޔަންކުރައްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޕެންޝަން ބޯޑުގެ މެމްބަރަކަށް އަހުމަދު އައްޔަންކުރި ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން ކުރެިން ކުރެއްވި ޔަޒްމީދު މުހައްމަދު ވަނީ މިދިޔަ ހަފުތާގައި އައްޔަންކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;