ads
މީގެ ކުރިން ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާއެއްގައި ހިއްސާދާރަކު ވޯޓު ލަނީ - ފޮޓޯ: އެމްޓީޑީސީ
އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފި
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފި އެވެ.
Advertisement

އެމްޓީޑީސީއިން މިގޮތަށް ފާސްކޮށްފައިވަނީ ހޮޓެލް ޖެންްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި، އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ފަސް މެންބަރަކު ވަނީ ހޮވައިފަ އެވެ. އެއީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އާއި އައިޝަތު ލީޒާ އާއި އައިމިނަތު އަޒްލިފާ އާއި މިންނާ ރަޝީދު އަދި އިބްރާހިލް ލަތީފް އެވެ. 

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ކުންފުނީގެ ފައިދާއިން އެކުންފުނީގެ ހިއްސާދާރުން އެމްޓީޑީސީގެ ބޯޑުން ހުށަހަޅާފައިވަނީ ހިއްސާއަކަށް 50 ލާރިއެވެ. މިއީ މިދިޔަ އަހަރުވެސް އެމްޓީޑީސީއިން ހިއްސާއަކަށް ބަހާފައިވާ މިންވަރެވެ. އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިއަދަދު ފާސްވީ، 98.9 އިންސައްތަ މީހުންގެ ވޯޓާއެކު އެވެ. 

ސްޓޮކް އެކްސްޗޭންޖުގައި އެމްޓީޑީސީގެ ހިއްސާއެއް މިވަގުތު ވިކެނީ 13.70 ރުފިޔާ އާއި 14.76 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އެމްޓީޑީސީގެ ހިއްސާގެ ސްޓްރަކްޗާއަށް ބަދަލުތަކެއް ގެންނަން އުޅޭކަމުގެ އަޑު މިފަހުން ފެތުރުމުން ހިއްސާއެއްގެ އަގު ދެ ރުފިޔާވަރު އުފުލުނެވެ. އެކަމަކު، އަނެއްކާ ވެސް އަގު ދަނީ މަޑުމަޑުން ތިރިވަމުންނެވެ. 

އެމްޓީޑީސީގެ %47 ހިއްސާ އަކީ ސަރުކާރުގެ ހިއްސާ އެެވެ. ބާކީ %53 ހިއްސާ އަކީ އާންމުންގެ ހިއްސާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;