މި ހާދިސާ ހިނގާފައިވަނީ 2024 އޮކްޓޫބަރު 27 ދުވަހުގެ ރޭ، މާލޭ ނިރޮޅުމަގު ޝެރީ ސެލޫން ކައިރީގައި ހުރި ބަންގްލަދޭޝް މީހެއްގެ ޖީބުން ވޮލެޓް ޖަހައިގަނެގެންނެވެ.
މިއާއެކު ދައުލަތުން ޔާމީނުގެ މައްޗަށް އުފުލި "އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ" ދަޢުވާ ސާބިތުވާކަމަށް ޤާޟީ އިބްރާހީމް އިޙްސާން ކަނޑައެޅުއްވީ ޝަރީޢަތަށް ހުށަހެޅުނު ޝަފަހީ ހެކިންގެ ހެކިބަހަށް ބެލުމަށްފަހު އެވެ.
މި ކުށުގެ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހުގެ ޖަލު އަދަބެއް ކަމަށްވީ ނަމަވެސް، ޔާމީނުގެ ކުށުގެ ރެކޯޑަށް ބަލައި އަދަބު އެއް ދަރަޖަ މަތިކުރުމުން އައި 3 މަހުގެ ޖަލު އަދަބުން، މީގެ ކުރިން ބަންދުގައި ހޭދަކުރި 15 ދުވަސް އުނިކުރުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހޭ ސާފު އަދަބަކީ 2 މަހާއި 15 ދުވަހުގެ ޖަލު އަދަބެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;