ads
ކަޅުބާޒާރުގައި ޑޮމަރު ވިއްކާ ނެޓްވޯކްގެ މެމްބަރުން
ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ނެޓްވޯކެއް، އެކައުންޓްގައި 54 މިލިއަން ރުފިޔާއާ އެއް މިލިއަން ޑޮލަރު
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ނެޓްވޯކެއް އަތުލައިގެންފި އެވެ.
Advertisement

ފުލުހުން ބުނީ މި ނެޓްވޯކް އަތުލައިގަތީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. މިއީ ގާނޫނާއި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގާ މީހުން ދެނެގަނެ ފިޔަވަޅު އެޅުމަށް ފެށި އޮޕަރޭޝަނެއްކަމަށްވެސް ފުލުހުން ބުނެއެވެ.

މި ނެޓްވޯކްގެ މެމްބަރުންގެ އެކައުންޓުގައި ހުރި ފައިސާ 

  • 54،429،550 މިލިއަން ރުފިޔާ
  • 1،627،810 މިލިއަން ޑޮލަރު

މި ނެޓްވޯކުގައި ގައި ހިމެނެނީ ބަންގަލަދޭޝް ހަތަރު މީހުންނާއި އިންޑިއާ ދެ މީހުންނެވެ. އެއީ 

  • މުހައްމަދު ރާހުލް އަމީން، ބަންގްލަދޭޝް / ވަޒީފާ : އެކައުންޓެންޓް
  • މަސްއޫދު މިއާ، ބަންގްލަދޭޝް / ވަޒީފާ : ވެއިޓަރު
  • އެމްޑީ ފަރީދުއްދީން، ބަންގްލަދޭޝް / ވަޒީފާ: ޑްރައިވަރު
  • ދުލްކަރުނައި އިމްރާން ޚާން، އިންޑިއާ / ވަޒީފާ :އިންޖިނިއަރު
  • މުހައްމަދު އަސަތު ކަަލަންދަރު ހުސައިން، އިންޑިއާ / ވަޒީފާ: ސޭލްސްޕާސަން
  • މުހައްމަދު މަހަމުދުރު ހަސަން، ބަންގްލަދޭޝް / ވަޒީފާ: ސާފުކުރުނ

ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ތިން އަހަރު ތެރޭގައި އެ މީހުންގެ އެކައުންޓުތަކުގައި ޖުމުލަ 54.4 މިލިއަން ރުފިޔާއާއި 1.63 މިލިއަން ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މީހުންނަކީ ހުއްދަ ދީފައިވާ މަސައްކަތްކުރުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ބަޔެއްކަން ދެނެގަނެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;