ads
ރައީސް ނަޝީދާއި ޝިފާޒު
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ޝިފާޒު އައްޔަނުކުރަން ފާސްކޮށްފި
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އައްޔަންކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
Advertisement

އޭނާ އެ މަގާމަށް އައްޔަންކުރަން އެމްޑީލީގެ ގައުމީ މަޖިލިހަށް ހުށައެޅުއްވީ އެޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމޑު ނަޝީދު އެވެ. ޝިފާޒު އެމަގާމަށް އައްޔަންކުރަން ފާސްކުރީ މިރޭގެ ޖަލްސާގައި ބައިވެރިވި 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ތާއީދާއެކުގަ އެވެ.

އެމްޑީޕީގެ މާލީ ކަންކަމާ ގުޅޭ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދު ﷲ މިދިޔަ ބުދަ ދުވަހު އިސްތިއުފާދެއްވުމުން ނެވެ. 

އޭނާ މަގާމުން އިސްތިއުފާފެއްވީ 2028 ގެ  ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދު ﷲ ޝާހިދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް އަހްމަދު އަބްދު ﷲ ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;