ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ފިރިހެނުންގެ އޮރިޔާން ފޮޓޯ ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި
މޮބައިލް ފޯނުގައި ގިނަ އަދަދެއްގެ އޮރިޔާން ފޮޓޯއާއި ވީޑިއޯ ރައްކާކޮށްގެން ގެންގުޅުނު މައްސަލައެއްގައި ޏ. ފުވައްމުލައް، ދޫޑިގަން، ގްރީންލެންޑް، ޢަލީ އަޙްމަދު 18,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

މި ތަކެތި ފެނިފައިވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައި ފޮރެންސިކް ތަހުލީލު ކުރުމުގެ ތެރޭގައެވެ. 

ފޯނުން އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރުތައް ހިމެނޭ 7 ޖީބީއަށްވުރެ ބޮޑު ފައިލް (1,378 ވީޑިއޯ އަދި 566 ފޮޓޯ) ފެނިފައިވެއެވެ.

އެ ތަކެއްޗަކީ ނުއެނގި އަމިއްލައަށް ޑައުންލޯޑުވީ ތަކެތި ކަމަށް އޭނާ ބުނި ނަމަވެސް، ފޯލްޑަރ ހަދައިގެން ރައްކާކޮށް، އެހެން މީހުންނަށްވެސް ފޮނުވާފައިވާތީ ކޯޓުން އެ ދިފާއު ބަލައެއް ނުގަތެވެ.

ކުށުގެ ނިޔަތް މަތީ ދަރަޖައަކަށް ސާބިތުވުމުން އޭނާގެ މައްޗަށް އިއްވި 3 މަސްދުވަހުގެ ޖަލު ހުކުމް، ކުށުގެ ރެކޯޑެއް ނެތުމުން 18,000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް، ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވަނީ އަންގައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;