މިމަގާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެކުންފުނީގެ ޝެއާހޯޑާސް އޮންލައިން ޕޯޓަލް މެދުވެރިކޮށް މި މަހުގެ 24 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
މިމަގާމަށް ޝަރުތުހަމަވާ ފަރާތްތަކުގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތީން ޑިރެކްޓަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މައުލޫމާތު، އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އިއުލާން ކުރާނެ އެވެ. މި 02 މަގާމަށް ޑިރެކްޓަރުން އިންތިހާބުކުރާނީ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަގާމަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގަައި ކުންފުނީގެ ހިއްސާދާރެއް ކަމުގައިވުން ނުވަތަ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން ހިމެނިފައިވާއިރު ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުމުގެ އިތުރަށް މާލީ ރިޕޯޓުތައް ދިރާސާ ކުރުމުގެ ގާބިލުކަން ލިބިފައި ހުރި ފަރާތަކަށްވުން ހިމެނެ އެވެ.
މީގެ އިތުރުން ބަނގުރޫޓުވެފައިވާ ފަރާތެއް ކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ގައުމެއްގައި ހުކުމާއި އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ވަނީ ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ކުންފުނީގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތެއް ކަމުގައި ނުވުމާއި، އެފަރާތްތައް ސީއެމްޑީއޭގެ މިންގަނޑުތަކަށް ފެތެންޖެހޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;