ads
ހުޅުމާލޭގައި ހިނގި އެކްސިޑެންޓް ހިނގި ތަން
އެކްސިޑެންޓްގައި ނިޔާވީ ޒީވާގެ ޖަނާޒާ މެންދުރު ހުޅުމާލޭގައި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވެ ފަރުވާ ދެމުންދަނިކޮށް ނިޔާވި ކުއްޖާގެ ޖަނާޒާ މިއަދު ހުޅުމާލޭ ސަހަރާގއި ބާއްވަން ނިންމައިފި އެވެ.
Advertisement

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި ލިބުނު އުމުރުން 9 އަހަރުގެ އަންހެން ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިއަދުގެ ފަތިހުގެ ވަގުތެއްގަ އެވެ. 

މި ކުއްޖާގެ ޖަނާޒާ އޮންނާނީ މެންދުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާގަ އެވެ. 

ހޮނިހިރު ދުވަހުގެ ރޭ އިރާކޮޅު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން ކުއްޖާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު އިތުރު ފަރުވާއަށް ފަހުން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާދެމުން އައީ އެ ހޮސްޕިޓަލްގަ އެވެ. އެކްސިޑެންޓުވެ، ހޮސްޕިޓަލަށް ގެންދިޔައިރުއްސުރެ އެ ކުއްޖާ އަށް ފަރުވާދެމުން އައީ އައިސީޔޫގައި ވެންޓިލޭޓަރުގަ އެވެ. 

ފުލުހުން ބުނީ ރޭ ހިނގި އެކްސިޑެންޓް ހިނގީ ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި، ސައިކަލަކުން ޖެހިގެން ނެވެ.  

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށްވެސް އަނިޔާވެގެން ވަނީ ފަރުވާ ދީފަ އެވެ. 

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ތަހުގީގަށް ބޭނުންވާ ހެކި ހޯދަން ދެ ކާރެއް ޓޯކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޭ އެކްސިޑެންޓްވީ ސަރަހައްދުގައި މަގު ދެ ފަރާތުގައި ދެ ކާރު އޮތްތަން ފެނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;