ads
މޯލްދިވިއަންގެ ފްލައިޓެއް
ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް ހަފުތާއަކު 6 ދުވަހު
ކޮޗިންއާއި ޓްރިވެންޑްރަމަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ހަފުތާއަކު 6 ދުވަހު ބާއްވަން ނިންމައިފި އެވެ.
Advertisement

މޯލްޑިވިއަނުން ބުނީ އިންޑިއާގެ ސިޓީތަކަށް އެ އެއާލައިނުން ކުރަމުން އަންނަ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން ޓްރިވެންޑަރަމާއި ކޮޗިންނަށް ހަފްތާގެ އަންގާރަ ދުވަހު ފިޔަވާ ކޮންމެ ދުވަހަކު ދަތުރެއް ބާއްވަން ނިންމާފއިވާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. 

މޯލްޑިވިއަނުން ބުނީ މި ދަތުރުތައް ފަށާނީ އަންނަ ޑިސެމްބަރުމަގުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މިހާރު މޯލްޑިވިއަން ދަތުރުތައް އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރަމުންދަނީ ހޯމަ، ބުދަ، ބުރާސްފަތި ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. 

ގައުމީ އެއާލައިނުން އަންނަނީ އެ ފްލައިތްގެ ދަތުރުތައް ދުނިޔޭގެ އެކި ސަރަހައްދުތަކަށް އިތުރުކުރަމުން ނެވެ. އެގޮތުން ދާދި ފަހުން ވަނީ އޮސްޓޭލިޔާ އާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;