މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ބުޅާ ގެންގުޅެން ކެޓް އައިލެންޑް ހެދުމުން ދުނިޔޭގެ ސަމާލުކަންވެސް ލިބޭނެކަމަށެވެ. އެގޮތުން ރާއްޖޭ ފަދަ ގައުމެއްގައި އެފަދަ ރަށެއް، ޒަމާނީ ފެސިލިޓީތަކާއެކު ހިންގިއްޖެނަމަ އެއީ ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބިގެންދާނެކަމެެކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު މިއަދު ވިދާޅުވީ ބުޅާ ގެންގުޅެއް ރަށަށް ހަދަނ ސަރުކާރުން ބޮޑު ހަރަދެއް ކުރަން ޖެހޭނެތީ އެކަން ކުރަން ބޭނުންވާ ބަޔަކު ކުރިމަތިލާން ހުޅުވާލިކަމަށެވެ. އެގޮތުން ބުޅާ ރަށް ހަދއިދޭން ބައެއް ފަރާތްތަކުން ކުރިމަތިލާފއިވާއިރު އޭގެތެރޭގއި ރާއްޖެއިން ބޭރުގެ ބަޔަކުވެސް ހިމެނޭކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރިޔަށްދަނީ ޕްރޮޕޯސަލްތައް އިވެލިއުއޭޓްކުރުމުގެ މަސައްކަތް ކަމަށެވެ.
މާލޭގެ ބުޅާއިތުވެ މާލޭގެ މަގުތަކުގެ ސާފުތާހިރުކަން ގެއްލޭތީ ބުޅާ ގެންގުލެއް މާލޭ ސިޓީ ކައުންސިލުން " އޮޅުހިޔާ" ނަމުގއި ތަނެއް ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވި އެވެ. އެހެންނަމަވެސް އެތަން ހުޅުވިތާ މާގިނަ ދުވަަސްތަކެއް ނުވަނީސް އެތަނުގައި ހުންނަން ޖެޭ ކަންކަން ފުރިހަމަ ނުވާކަމަށް ބުނެ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެތަން ގެންދިޔަ އެވެ.
ހުޅުމާލެ ފަރުކޮޅުފުށީގައި އިމާރާތްކޮށްފައިވާ ބުޅާ ފެސިލިޓީ އޮޅުހިޔާގައި މިހާތަނަށް 352 ބުޅާ ގެންގޮސްފައިވާ ކަމަށް ކުރީގެ އެނިމަލްވެލްފެއާ މިނިސްޓްރީން ވަނީ މިއަހަރު ކުރީކޮޅު ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;