2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް އިއްޔެ ވަނީ އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފަ އެވެ.
އެ ގާނުނުގައިވާ ގޮތުން ހައިވޭއެއްގައި އެއްގަމު އުޅަނދު ދުއްވުމަށް ވަކި ގަވައިދެއް ހަދަން ޖެހެ އެވެ. އަދި އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ދުވެލީގެ މިންވަރަށްވުރެ ބާރަށް ނުވަތަ އެންމެ މަޑުން ދުއްވޭނެ ކަމަށް ކަނޑައަޅާފައިވާ ދުވެލީގެ މިންވަރަށްވުރެ މަޑުން ދުއްވުމަކީ މަނާކަމެއްކަމަށް ގާނޫނުގައި ވަނީ ހިމަނާފަ އެވެ. އަދި މި ކުށުގެ އަދަބެއްގެ ގޮތުން 2000 ރުފިޔާއިން ފެށިގެން ޖޫރިމަނާ ކުރަން ވަނީ ނިންމާފަ އެވެ.
ގާނޫނުގައި މި ކުށަށް ދީފައިވާ އަދަބުތައް
މީގެއިތުރުން އަމިއްލަ ބާރު ނުފޯރާ ފަދަ ސަބަބެއް ނުވަތަ ޤުދުރަތީ ސަބަބެއް މެދުވެރިވެގެން މެނުވ،ީ ހައިވޭއެއްގައި އެއްގަމު އުޅަނދު ޕާކުކުރުން ނުވަތަ މަޑުކުރުމަކީވެސް މަނާކަމެއްކަމަށް ވަނީ ގާނޫނުގައި ކަނޑައަޅާފަ އެވެ. އެގޮތުން ހައިވޭއެއްގައި އެއްގަމު އުޅަނދު ޕާކުކުރަން ނުވަތަ މަޑުކުރަންޖެހޭ ހާލަތުގައި ޢަމަލުކުރަންވާނެގޮތް ބުނެދޭން ގަވައިދެއް ހަދަން ޖެހޭނެކަމަށްވެސް ގާނޫނުގައި ވަނީ ހިމަނާފަ އެވެ.
ހައިވޭގައި ޕާކުކުރުމުން ދެވޭ އަދަބުތައް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;