ads
ތުއްތު ކުއްޖާއަށް ސައިކަލްގެ ހުންގާނު ދޫކޮށްލައިގެން އިންނަނަ ތަން ފެންނަ ވީޑިއޯއިން ތަންކޮޅެއް
ދުއްވާ އުޅަނދުގެ ހުންގާނު ކުއްޖަކާ ހަވާލުކުރިޔަސް ބޮޑު ޖޫރިމަނާއެއް
އެއްގަމު އުޅަނދު ދުއްވަމުންދާ ފަރާތަކުނ،ް އުޅަނދު ދުއްވަމުންދާއިރު އުޅަނދުގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިނަސަންސް ނެތް މީހަކާ ހަވާލުކޮށްފިނަމަ ބޮޑު ޖުރިމަނާތަކެއް ކުރަން ގާނޫނުގައި ހިމަނައިފި އެވެ.
Advertisement

2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް އިއްޔެ ވަނީ އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފަ އެވެ. 

އެ ގާނުނުގައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވަމުންދާ ފަރާތަކުނ،ް އުޅަނދު ދުއްވަމުންދާއިރު އެހެން ފަރާތަކާ އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރުމަކީ ކުށެކެވެ. އެގޮތުން އުޅަނދުގެ ކޮންޓްރޯލ،ް ކުޑަކުއްޖަކާ ނުވަތަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިނުވާ މިހަކާއި ހަވާލުކުރުމަކީވެސް ކުށެކެވެ. 

މީގެއިތުރުން އުޅަނދުގެ ކޮންޓްރޯލ،ް ފަސިންޖަރުންގެ ސީޓެއްގައިވާ އިންނަ މީހަކާއި ހަވާލުކުރިޔަސް ކުށްވެރިވާނެކަމަށް ގާނޫނުގއި ވަނީ ބުނެފަ އެވެ. 

ގާނޫނުގައި މި ކުށަށް ދީފައިވާ އަދަބުތައް 

  • އެ ކުށުގެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައ،ި އުޅަނދުގެ ކޮންޓްރޯލް އެހެން ފަރާތަކާ ހަވާލުކުރި މީހާ 25,000 ރުފިޔާއާއ،ި 50,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.
  • ކުށުގެ ޢަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމ،ަ އެ ކުށުގެ އަދަބަކ،ީ އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައ،ި 50,000 ރުފިޔާއާއ،ި 100,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން 

 އުޅަނދުގެ ހުންގާނު ހަވާލުކުރީ ކުޑަކުއްޖަކާ ކަމަށްވާނަމަ ދޭން ޖެހޭނީ ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަދުކަމަށް ވަނީ ގާނޫނުގައި ބުނެފަ އެވެ. އަދި އެގޮތަސް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ މީހަކު މަރުވެއްޖެނަމަ އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާކުރުން ހުއްދަކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން ކުށްކުރި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 5 އަހަރުދުވަހާއި 10 އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ބާތިލުކޮށ،ް އެ މީހެއްގެ ލައިސަންސް ބާތިލުކުރުމުގެ ބާރުވެސް ވަނީ ގާނޫނުގައި ދީފަ އެވެ. އަދި އެ މީހަކީ ލައިސަންސް ނެތް މީހެއް ނަމަ އޭނާއަށް ލައިސަންސް ހޯދަން 5 އަހަރުދުވަހާއި 10 އަހަރުދުވަހާ ދެމެދުގެ މުއްދަތަަކަށް ހުށަނޭޅޭނެކަމަށްވެސް ގާނޫނުގައި ވެއެވެ. 

އަދި ކުށްކުރި މީހާގެ އެއްގަމު އުޅަނދު ލައިސަންސް ބާތިލުކޮށްފައިވާނަމަ އަުން އޭނާއަށް ލައިސަންސް ހެދޭނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް އަލުން ފާސްވެގެންކަމަސްވެސް ގާނޫނުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;