އެމްޑީޕީ މުޒާހަރާތަކުގައި އިސްކޮށް ބައިވެރިވަމުންދާ އެޕާޓީގެ ޔޫތު ވިންގް ނައިބު ރައީސް މައިމޫން، ފުލުހުން ރޭ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނި ގޮތުގައި މައިމޫން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމުގެ ތުހުމަތުގަ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. މީގެ ކުރިން ވެސް މުޒަހަރާތަކާ ގުޅިގެން މައިމޫން ހައްޔަރުކޮށްފައިވެ އެވެ.
މައިމޫންގެ ބަންދަށް މުއްދަތު ޖެހުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައިމޫން މިނިވަންކުރުމަށް ގޮވާލައްވާފަ އެވެ. އަދި އެއްވެ އުޅުމަކީ އަސާސެއް ހައްގެއް ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމާއި ބޭންކަށް ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ އަދަދު 40 ޕަސެންޓަށް އިތުރުކުރުމާ ދެކޮޅަށް އެމްޑީޕީން މިހާރު ވަނީ ސިލްސިލާ މުޒާހަރާއެއް ފަށައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;